ވިސާނެތި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ އަށް އަސާސީ ޚިދުމަތްތައް ނުލިބުން މިއީ އެންމެ ބޮޑު ކަންބޮޑުވުން- ވޭމަންޑޫ ކައުންސިލް އިދާރާ

ދިވެހިރާއްޖޭގައި ވިސާ ނެތި މީގެ 12 އަހަރު ކުރިން ފެށިގެން ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރުމާއި ގުޅިގެން އެކަމުގައި އާންމުންގެ މެދުގައި ޚިޔާލު ތަފާތުވެ ސޯޝަލް މީޑިއާގައި ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. އިމިގްރޭޝަނުން ބުނީ ކީކޭ؟ ޓޫރިސްޓް ވިސާގައި ރާއްޖެއައިސް ވިސާގެ މުއްދަތު ހަމަވުމަށްފަހު މިއަދާއި ހަމައަށް އެމީހުން ރާއްޖޭގައި އެއުޅެމުން ދަނީ ޤާނޫނާއި ޚިލާފަށެވެ. "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ […]