ޢިބްރަތްތެރި ވާހަކަ: މޮހޮރު ނެގުން
އަނިލްގެ މައިންބަފައިން މިހާރަކަށް އައިސް އަބަދުވެސް ތިބެނީ ހާސްވެ ކަންބޮޑުވެފައެވެ. އެއީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު އަނިލްގެ އުޅުމާމެދު ފިކުރުކޮށްކޮށެވެ. ފަހަކަށް އައިސް އަނިލްގެ މިޒާޖަށް އައިސްފައިވަނީ ވަރަށް ބޮޑު ބަދަލެކެވެ. އަނިލްގެ އުޅުން މިހާރު ކުރިއާ ބަލާފައި ހާސްބައި ތަފާތެވެ. އަނިލްގެ ބައްޕައާއި މަންމަ ލޮލުފިޔަ ނުޖަހާ ހޭލާތިބޭ ރޭތައް ތަކުރާރުވަމުންދާ ސަބަބަކީ އެއީއެވެ. އަނިލްގެ އާއިލާއަކީ ރަށުގައި ތަނަވަސް ދިރިއުޅުމެއް އުޅެމުންދާ ފުދުންތެރި އާއިލާއެކެވެ. އަދި އަނިލްގެ އާއިލާއަކީ ކުޑަކުޑަ އާއިލާއެއް […]