މަޤާމާއި އާރާއިބާރަށް ނުބަލާ ހަމަހަމަކަމާއެކު ފިޔަވަޅުއެޅިގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ!

ދިވެހިރާއްޖެއަކީ ނިސްބަތުން އާބާދީ މަދު ކުޑަ ޤައުމެކެވެ. އެކަމަކު ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް އޮތް ޤައުމެކޭ ބުނެވިދާނެއެވެ. ވަކި ސަރުކާރެއް ނެތެވެ. ކޮންމެ ސަރުކާރެއްގައިވެސް މިފަދަ ތަފާތު ތުހުމަތުތައް ކުރެވިފައިވާ އާރާއި ބާރުގައި ބޮޑެތި މަޤާމުތަކުގައި އުޅުނު އެތައްބަޔަކު އެބަތިއްބެވެ. މަދުން ނޫނީ ފިޔަވަޅު އެޅިފައެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ގިނަފަހަރަށް މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހިންގުމުގެ އަޑީގައި ތިބެނީ ބޮޑެތި މަޤާމުގައި 'ޝާނާއި ޝައުކަތުގައި' ދިރިއުޅެމުން އަންނަ މުއްސަނދިންނެވެ. އެމީހުންގެ މުއްސަނދިކަން ވެރިކަން ނިމޭއިރު ހުންނަނީ […]