ދޮގުވެރިއެއްގެ މޫނުން ފެންނާނެ އަލާމާތްތައް!

އަޅުގަނޑުމެންގެ ތެރޭގައި އިންތިހާއަށް ދޮގުހަދާ މީހުން އުޅެއެވެ. އެމީހާ އެހަދަނީ ދޮގުކަން އެހެން މީހުންނަށް އެނގޭއިރުވެސް އަމިއްލަ ސަލާމަތަށް ދޮގުހެދުމަށް އާދަވެފައިވާ މީހުން އުޅެއެވެ. މިފަދަ މީހުން ހަގީގަތާއި ޚިލާފު ވާހަކަދައްކާއިރު އެމީހުންގެ އަމަލާއި ބަހުން އެހަދަނީ ދޮގުކަން އެނގެއެވެ. ތިރީގައި މިވަނީ ދޮގުވެރިއެއްގެ ކިބައިން ފެނިދާނެ ކަންތައްތަކެވެ. ހަށިގަނޑުގެ ބަސްމަގު: ވާހަކަދައްކާއިރު ހާސްވެފައި ހުންނަކަން ފާހަގަވާނެއެވެ. ހަތަރުކަޅި ހަމަކުރަންވެސް ދޮގުހަދާ މީހާއަށް ބައެއްފަހަރު އުދަގޫ ވާނެއެވެ. އަދި އެއްގޮތަކަށް ހުންނަން އުދަގޫވެ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާ […]