ވިއްސާރައިގައި އުދައެރުމުގެ އިތުރަށް ފެންބޮޑުވެ ރަށްރަށަށް ދަނީ ގެއްލުންވަމުން!

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި އުދައެރުމުގެ އިތުރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ރަށްރަށަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިއަދު މެންދުރުފަހު 3 އިން ރޭގަނޑު 7 އަށް އޮރެންޖް އެލަރޓް ވަނީ ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން މައުލޫމާތު ދިންގޮތުގައި މިހާތަނަށް 6 ރަށެއްގައި ވަނީ ފެންބޮޑުވެފައެވެ. އެއީ އުދައަރައިގެން ށ. ނަރުދޫ އަދި ރ. […]
އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ޤަބޫލުކުރާނަމަ ތިމާގެ އަމަލާއި ބަސް ދިމާވާން ޖެހޭނެ- ހުކުރު ޚުޠުބާ

ކީރިތި ޤުރުއާނަކީ މާތް ﷲ އެކަލާނގެ ރަސޫލާ މުހައްމަދު ﷺ އަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. ކީރިތި ޤުރުއާނަކީ މާތް ﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނެވެ. މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖެވެ. އެހެންކަމުން އަހުރެމެން މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހެއެވެ. އަހުރެމެންގެ ދަރީންނަށް ކީރިތި ޤުރުއާން އުނގަންނައިދޭން ޖެހެއެވެ. އެކުދިން ހިތްތަކުގައި ކީރިތި ޤުރުއާނުގެ ލޯބި އަށަގަންނުވައި އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހެއެވެ. […]
ޒީޓައިމްސް ބަދިގެ: ގަބުޅި ބިސްގަނޑު

ބޭނުންވާތަކެތި: 4 ގަބުޅީގެ ހުނި 2 ޖޯޑު ހަކުރު ރަހަލާވަރަށް ހުވަނދުމާފެން 10 އިންޗި ރާނބާފަތް ½ ޖޯޑު ފުށް 4 ބިސް ތައްޔާރުކުރާނެ ގޮތް: ހަކުރު އަދި ގަބުޅިހުނި، ރާނބާފަތާއި ހުވަނދުމާފެން އެއްކުރުމަށްފަހު މަޑުގިނީގައި ކައްކާށެވެ. ކެކުނީމަ ހުނީގެ ކުލައަށް ބަދަލު އަންނާނެއެވެ. އަދި ތަފާތު މީރުވަހެއް ދުވާނެއެވެ. ކައްކާ ނިމުނު ގަބުޅިހުނިގަނޑުގެ އެތެރެއަށް ފުށް އަދި ބިސް ރަނގަޅަށް އެއްކުރުމަށްފަހު ފޮނިރަހަ ރަނގަޅުތޯ ބަލާލާށެވެ. ރަނގަޅަށް ފޮނިވެއްޖެނަމަ ތަފާތު ވިދުމެއް ހުންނާނެއެވެ. ބޭނުންވާވަރަށް ފޮނިރަހަ […]