ފެންބޮޑުވެ ގެއްލުން ލިބުން: ހައްލެއް ނުލިބި އެތައް އަހަރެއް! މިއީ ޒަމާނީ ތަރައްޤީ؟

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގެ އިތުރަށް މާލޭގައި ފެންބޮޑުވާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. މިގޮތަށް ތަކުރާރުކޮށް ފެންބޮޑުވާ ރަށްރަށުގެ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އަދި ވެރިރަށް މާލޭގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ގެއްލުންވެ ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު މިއީ މިހާތަނަށް ހައްލު ހޯދިފައިނުވާ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ. ކުދިކުދި އާބާދީ ދިރިއުޅެމުން އަންނަ ރަށްރަށުގައި މިގޮތަށް ފެންބޮޑުވެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިތަކާއި ކުރިމަތިވެ […]
ވާހަކަ: އޭނާ (ފުރަތަމަބައި)

ސްކޫލް ޗުއްޓީއަށް ކޮންމެ ފަހަރަކުވެސް ވިއްސާރަވެއެވެ. މިފަހަރުވެސް ހަމަ އެގޮތެވެ. ދުރާލާ ތަނަކަށް ދާން ހަމަޖެއްސި ނަމަވެސް ގިނަފަހަރަށް އެކަން ޖެހެނީ ކެންސަލް ކޮއްލާށެވެ. ސްކޫލް ބަންދުވުމާއި އެކު މީހުން އެކި ދިމަދިމާލަށް ފުރައިގެން ދަނީއެވެ. ދަރިން ގޮވައިގެންނެވެ. އަދި ދަރިން ނެތް މީހުން އެމީހުންގެ އުފަލަށް އެކަނި ނަމަވެސް ކޮންމެވެސް ދިމާލަކަށް ދެވޭތޯ ބަލައެވެ. އަޝްރަފަށްވެސް އޮފީހުން ލިބުނު ޗުއްޓީގައި އޭނަ ބޭނުންވީ ރާއްޖޭގެ ކޮންމެވެސް ރަށަކަށް ދާށެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ވުރެ އެގޮތް […]