އާމްދަނީ ހޯދުމަށް ފަޅުރަށްތަކުގައި އިންޓަރގްރޭޓޭޑް ޓޫރިޒަމް ހިންގޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރާނަން- ރައީސް

ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާ ކައިރި ފަޅުރަށްތަކުގައި އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދު ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރެވެންހުރި މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، އުދައެރުމުގެ މައްސަލައަށް މިއަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ގޮތަކަށް ހައްލު […]
މިހާވަރަށް ތުންދަމާ ހިކައެއް ދެކުނިންތަ؟

ތުންދަމާ ހިކާ އަކީ ރާއްޖޭގެ ފަޅުތަކުގައި އާންމުކޮށް އުޅޭ ބާވަތެއްގެ ބަލާލަން ރީތި މަހެކެވެ. މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 21 އިންޗިއަށެވެ. އާދައިގެ ހިކާއަށްވުރެން ފުޅާކޮށް ބޮޑެތި ހުޅުނބު ހުންނަ މި މަހުގެ ބުރަކަށިމަތީ ކޮތަރި ބައިގައި 9 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރި ބައިގައި 3 ހަރުކައްޓާއެކު 8 ނުވަތަ 9 މަޑުކަށި ހުރެއެވެ. މި މަހުގެ ކޮތަރިބައި ހުންނަނީ ފަހަތަށް ދިގުކޮށެވެ. މިވައްތަރުގެ ހިކާ އޭގެ ތުން 65 އިންސައްތައަށް […]