ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އިންތިޚާބުކުރާނެ ގޮތް ކަނޑައެޅުމުގައި އާންމު ބަހުސަކަށް!

ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އިންތިޚާބުކުރާނެ ގޮތް ކަނޑައެޅުމުގައި އާންމު ބަހުސަކަށް، ނުވަތަ އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ. މިގޮތަށް ޚިޔާލު ހޯދުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެސީގެ ހަމަތަކާ އުސޫލުތަކަށް އަސަރު ނުކުރާނެ ގޮތަކަށެވެ. ގދ. ފިޔޯރީ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި […]
ފިޔާ: ސިއްހީ ގނަ ފައިދާތަކެއް އެކުލެވޭ، ނުކައި ދޫކޮށްލާވަރެއް ނޫން!

ފިޔަލަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތައް އެކުލެވޭ ތަރުކާރީގެ ބާވަތެކެވެ. ފިޔަަލަކީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދިނުމާއި، ލޭ ދައުރުވުން ރަނގަޅުކޮށްދިނުމާއި، ކަށީގެ ޑެންސިޓީ އިތުރުކޮށްދޭ އެއްޗެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ދިވެހި ކެއުމުގައި ރޯ ފިޔާ ކައި އުޅުނު ބައެކެވެ. ނަމަވެސް މިއަދު ފެންނަނީ ކުޑަކުދިންނާ ބޮޑެތި މީހުންގެވެސް ކޮންމެވެސް ވަރަކަށް ފިޔަލާއި ދުރުވެފައިވާ މަންޒަރެކެވެ. ފިޔާ ކާހިތް ނުވުމާއި އަދި ކެއުމުގައި އެއްވެސް ވަރަކަށް ފިޔާ ނުހިމަނާވެސް ކުދިންގެ ކެއުންތައް ތައްޔާރުކޮށްދޭ މައިންބަފައިން އުޅެއެވެ.މި ލިޔުމުގައި […]