ހައިވޯލްޓޭޖް ސަބްސްޓޭޝަން ގުޅާލުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއެކު ސްޓެލްކޯއިން ނިންމާލައިފި!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 132 ކޭ.ވީ ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކެންކްޝަން ގްރިޑާއި ގުޅާލުމަށް ސްޓެލްކޯއިން ކުރި މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިމަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަން ޖެހޭނެކަމަށް ކުރިން އަންދާޒާ ކުރެވުނު ކަމުގައިވިއަސް މޫސުން ތަންދިނުމާއެކު ކަރަންޓް ކަނޑާލާފައިވަނީ މާލޭގެ 2 ސަރަހައްދަކުން 1 ގަޑިއިރަށްވުރެ މަދު ވަގުތުކޮޅަކަށެވެ. ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު މައުލޫމާތު ދެއްވިގޮތުގައި މިމަސައްކަތުގެ ފަހުގެ މަރުހަލާ ފެށީ އިއްޔެ […]
ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދާށެވެ- ހުކުރު ޚުޠުބާ

އިސްލާމީ ޝަރީޢަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާގާއި ރިވެތި ސިފަތަކުންނެވެ. އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެއުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެންނެވެ. މަތިވެރި އަޚްލާޤަކީ އިސްލާމީ އަޤީދާގެ އެންމެ މުހިއްމު އަސާސެވެ. އަޅުކަމުގެ ބިންގަލެވެ. މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުންނެވެ. ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހެއެވެ. ކޮންމެ މުވައްޒަފަކީ އޭނާ ވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަޤުސަދު މަތިން […]
ޒީޓައިމްސް ބަދިގެ: ވަރަށްމީރުކޮށް އަލުވި ތައްޔާރުކުރެވިދާނެ ގޮތެއް

ބޭނުންވާތަކެތި: 5 އަލުވި 2 ފިޔާ 2 ހިކަނދިފަތް 2 ލޮނުމެދު 1 ޓޮމާޓޯ 4 ރާނބާފަތްކޮޅު (2 އިންޗިއަށް ބުރިކޮށްފައި) 2 މޭޒުމަތީ ސަމުސާ ޓޮމާޓޯޕޭސްޓް ½ ގިތެޔޮ މިރުސް 1 މޭޒުމަތީ ސަމުސާ ތެޅިމިރުސް 2 ހިކިމިރުސް ރަހަލާވަރަށް ލޮނު ހިކިމަސް ކުކިންގ އޮއިލް ތައްޔާރުކުރާނެ ގޮތް: ފިޔާ، ލޮނުމެދު ހިކިމަސް ތުނިކޮށް ކޮށާލާށެވެ. އަދި ޓޮމާޓޯވެސް ހިމަދިގުކޮށް ކޮށާށެވެ. ތުނިކޮށް ކޮށާނީ 1 ފިޔާއެވެ. އަދި 1 ފިޔާ ހަތަރުފަޅިއަށް ވާގޮތަށް ކޮށާލާށެވެ. […]
އުރީދޫ ކަލަންޑަރު 2025 އިން ދައްކުވައިދެނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ސަގާފަތް!

އުރީދޫ ކަލަންޑަރު 2025 އިން ދައްކުވައިދެނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެވެ. "މި ކަލަންޑަރުގައި އަޅުގަނޑުމެންގެ އާދަކާދަތަކާއި ފޯކްލޯރގެ ނޮސްޓެލްޖިއާ، ޑިޖިޓަލް އިންޓަރެކްޓިވިޓީއާ އެއްކޮށްލެވިފައިވާ ގޮތުން، އަޅުގަނޑުމެންގެ ތާރީޚީ ވާހަކަތައް ފާހަގަކުރެވި، އަންނަން އޮތް ޖީލުތަކަށް ވެސް މިއަގުހުރި ތަރިކަ ފޯރުކޮށްދެވޭނެކަން ކަށަވަރުވެގެންދޭ". މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.