ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ވިއްސާރައިގައި ފޯރުކޮށްދިނުމުގެ ތައްޔާރީތައް ސްޓެލްކޯއިން ވެއްޖެ!
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ޓާސްކް ފޯސްއެއް ސްޓެލްކޯގެ މެނޭޖްމަންޓްއިން ވަނީ އެކުލަވާލާފައެވެ. މި ހާލަތުގައި އެންމެ އިސްކަމެއް ދެނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. އަދި ހަމަ މިއާއިއެކު […]
ވިއްސާރައިގައި މުދަލަށް ގެއްލުންވެދާނެ ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކޮށްފައި!
ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލް ގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއިބެހޭ އިދާރާއިން އިލްތިމާސް ކުރީ އިއްޔެގެ ވަގުތެއްގައެވެ. މިއަދުން ފެށިގެން މިމަހުގެ 18 އާއި ދެމެދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ ގުޅުންހުރި މުއައްސަސާތަކުން ދަނީ ވިއްސާރައިން ލިބޭ ގެއްލުން ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ […]
އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓް 20 ޓަނުގެ ކާގޯއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް!
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން އެފްކޮމް ކާގޯ އާއި ގުޅިގެން ޗާޓަރޑް ޝެޑިއުލްޑް ކާގޯގެ ޚިދުމަތް ވަނީ ފަށައިފައެވެ. އިންޑިއާގެ ޗެންނާއީއިން ފުރި އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓް ވަނީ 20 ޓަނުގެ ކާގޯ ވީ.އައި.އޭ އަށް އެތެރެކޮށްފައެވެ. އަދި މި ކާގޯ އެކްސްޕޯޓް ކޮށްފައިވަނީ އިއްތިހާދު އެއާވޭސްގެ ފްލައިޓެއް މެދުވެރިކޮށް ކަމަށް ވީ.އައި.އޭ އިން ވަނީ މައުލޫމާތު ދީފައެވެ. އެފްކޮމް ކާގޯއިން ހަފްތާއަކު 3 ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި […]