ކަރަންޓުގައި ޖެހި މީހުން މަރުވާއިރުވެސް ޖެހިލުމެއްނެތި ވަގުން ވައްކަން ކުރުމުގައި!

ކަރަންޓުގައި ޖެހިގެން ލިބޭ ޝޮކްގެ ސަބަބުން މަދުންނަމަވެސް ރާއްޖޭގައި ވެސް މީހުން މަރުވެފައި ވެއެވެ. ކަރަންޓުގެ މަސައްކަތްތަކަކީ އެކަމުގެ ފަންނު ލިބިގެން ކުރާ ކަމެކެވެ. އަދި ސަލާމަތީގޮތުން ރައްކާތެރި ވަސީލަތްތައް ބޭނުންކޮށްގެން ނޫނީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. ހިތާމައަކީ ކަރަންޓް ޚިދުމަތްދޭ ކުންފުނި ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށް އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގާ މީހުން އުޅޭކަމެވެ. ވަގުންގެ މި އަމަލާއި ގުޅިގެން އޭގެ ގެއްލުން ލިބޭ އެއްބަޔަކީ އެސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނެވެ. […]