މާލެ ސަރަހައްދުގައި ވައި ނުސާފުވެ ގޭގެ ދޮރުތައް ލައްޕާ ތުއްތުކުދިން ބޭރަށް ނުނެރުމަށް އިލްތިމާސްކޮށްފި!

ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް އެއަރ ކޮލިޓީ މޮނިޓަރ ކުރުމަށް ޤާއިމްކޮށްފައިވާ ޓްރެކަރއިން ދައްކާގޮތުގައި މިއަދު މެންދުރު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 137 ގައެވެ. މިއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު މިންވަރެކެވެ. ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގެ ވައި ނުސާފުވުމުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. […]
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ!

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު ވަނީ އަވަހާރަވެފައެވެ. އުމުރުން 55 އަހަރުގައި ޝުއައިބު އަވަހާރަވީ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޝުއައިބު ވަނީ ހައިކޯޓުގައި 11 އަހަރު މަސައްކަތް ކުރައްވާފައެވެ. ރިޓަޔާ ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. ގދ. ހޯނޑެއްދޫ އަށް އުފަން ޝުއައިބު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މާރޗް 2011 ގައެވެ. ޝުއައިބު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ޖަސްޓިސް […]