ދުވަސް ނުފުރާ ވިހެއި ކަމުގައިވިއަސް ދަރިފުޅު މަރުވުން މިއީ އެންމެ ހިތްދަތި އިހުސާސް! ވިހެއުމުގެ ޗުއްޓީ ލިބެންޖެހޭ!

ވިހެއުމުން މައިންނަށް 6 މަސް ދުވަހުގެ ޗުއްޓީ އަދި ބަފައިންނަށް 1 މަސް ދުވަހުގެ ޗުއްޓީ މުސާރައާއެކު ދޭގޮތަށް ފަށައިފައިވަނީ 2019 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެންނެވެ. މިއީ ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޤަވާއިދަށް ގެނައި ބަދަލެކެވެ. އެހެންނަމަވެސް ސަރުކާރުގެ ބައެއް އެހެން މުއައްސަސާތަކުންވެސް މިގޮތަށް މައިންނަށް ޗުއްޓީ ދީފައިވެއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި 15000 އަންހެނުން މަސައްކަތް ކުރާ ކަމަށް ލަފާކުރެވޭއިރު ވިހެއުމަށްފަހު ކުޑަދަރިފުޅަށް ވަގުތު ދިނުމަށް ވަޒީފާ […]