ހަށިގަނޑަށް ތާޒާކަން ލިއްބައިދޭ ކުދިކުދި ބަލިތަކުން ސަލާމަތްވެތިބުމަށް ބޯންވީ ލުނބޯފަނި!

ލުނބޯޖޫސް ނުވަތަ ލުނބޯފަނި މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންކޮށްލަން ވަރަށްވެސް ފައިދާހުރި އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ލުނބޯފަނިތައްޓެއް ބޯންޖެހޭ ވަރަށްގިން ސަބަބުތައް ހުރެއެވެ. ލުނބޯޖޫސް ބުއިމުން ހަށިގަނޑުގައި ވަރުޖެހި ހަކަތަ އިތުރުކޮށްދެއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތާފެނާފެނުގެ ލުނބޯޖޫސް ތައްޓެއް ބުއިމުން އޭގައި ހިމެނޭ ގުދުރަތީ އެސިޑުގެ ސަބަބުން ކާތަކެތި ފަސޭހައިން ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުހަރުވުންފަދަ ކަންކަމުން ދުރުކޮށްދެއެވެ. ލުނބޯގައި ވަރަށްގިނަ މިންވަރަކަށް ވިޓަމިން ސީ ހިމެނެއެވެ. އަދި ކޮލާޖެން ކިޔާ މާއްދާއެއްގެ ސަބަބުން […]