ވާހަކަ: އޭނާ (ފަސްވަނަބައި)

އެމީހުން ދެމީހުން ވީހާވެސް ބާރަކަށް ދުވެފައި ދާން ފެށިއެވެ. އެކަމަކު އެ އަނދިރި ސިފަ އެމީހުންނާއި ވަރަށް ގާތުން ފަހަތުން އަންނަކަން އެމީހުންނަށް އިހުސާސް ކުރެވުނެވެ. އެމީހުން ދުވަމުން ދިޔައިރު، އެމީހުންނަށް ފަހަތުން އަންނަ ނޭވާގެ އަޑު އިވެން ފެށިއެވެ. މާދުރަށް ނުދެވެނީސް އެމީހުންގެ ކުރިމައްޗަށް ހުއްޓުނީ އެރަށުގެ މެދުއުމުރުގެ ބައެކެވެ. އެމީހުންވެސް އައީ އަޝްރަފްމެންގެ ފަހަތުންނެވެ. ނަމަވެސް ވަކިހިސާބަކުން އެމީހުންނަށް އަޝްރަފް އާއި ސަލީމް ގެއްލުނީއެވެ. "ކޮބާ އެމީހާ. ކޮންތާކަށް ދިޔައީ" އެތަނުން މީހަކު ސުވާލު […]