އެކްސިޑެންޓްވެފައި އޮތް މީހާގެ ގައިމަތިން ސައިކަލެއް ދިއުން، ބުރިޖުގައި ދުއްވާ މީހުން ސަމާލުވުމަށް ލިބުނު އިންޒާރެއް!

މި ފެބުރުއަރީމަހު 1 ވަނަ ދުވަހު ހެނދުނު 8:19 ހާއިރު ހުޅުމާލެ އިން މާލެއަށްދާ ލޭނުގެ ސޯލާޕެނަލްތައް ކައިރީގައި ބަހައްޓާފަހުރި ކޯނެއްގައި ދުއްވާފައިދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއްވި މައްސަލަ ބަލަމުންދާކަން ފުލުހުން އާންމުކުރީ އެދުވަހުގެ ހެނދުނު 9:37 ގައެވެ. ފުލުހުންގެ މީޑިއާ ގުރޫޕުގައި އެކްސިޑެންޓް ހިނގި ދުވަހު ހިއްސާކުރި މެސެޖުގައި އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްވި ބަންގްލަދޭޝް މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި ފަރުވާ ދެމުންދަނިކޮށް އެމީހާ މަރުވީ އެދުވަހުގެ ހެނދުނު 09:05 ގައި ކަމަށް ހޮސްޕިޓަލުން […]