2 މައިން އެއްވަޅެއްގައި ވަޅުލުން: ކޮންފަދަ ހިތްދަތި މަންޒަރެއް، އިހުމާލަކަށްފަހު އިހުމާލެއް!

ބަނޑަށް 8 މަހުގައި ރޯގާޖެހިގެން ޑޮކްޓަރަށް ދައްކަން ދިޔަ ގއ. ވިލިގިނލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ (37އ) އަދި އޭނާގެ ތުއްތުދަރިފުޅަށް މިދިމާވީ ވަރަށްވެސް ހިތްދަތި ގޮތެކެވެ. ގްރޭޑް 2 އަދި 6 ގައި ކިޔަވަމުން އަންނަ 2 އަންހެން ކުދިންގެ މަންމަ ކަމަށްވާ ޝިއުނާ މިދުނިޔެ ދޫކޮށް އެދިޔައީ ތިންވަނަ ދަރިފުޅު އުފަންވުމަށްފަހު އެކަށީގެންވާ ފަރުވާ ނުލިބިއެވެ. ގއ. ވިލިނގިލިން 'ޒީޓައިމްސް' އަށް މައުލޫމާތު ދިން މީހުން ވަނީ މިހިތާމަވެރި ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. […]

ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު މަޖިލީސް އިދާރާގައެވެ. ރިޔާސީ ބަޔާން އިއްވެވުމުގެ މި ޚާއްސަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޑައިގަތުމުން މަރްހަބާ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި އާއިލާގެ މެންބަރުންވެސް މި ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ- ރައީސުލްޖުމްހޫރިއްޔާ

ޒަކާތުގެ ނިޒާމު ޒަމާނީކުރެވި ހަރުދަނާކުރުމަށް އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، އަދި މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، މާތް ﷲގެ އިރާދަފުޅާއެކު އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވެވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ޒަކާތުގެ ނިޒާމު […]