އުރީދޫއިން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރި!

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދު އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ފާސްކޮށްފައެވެ. ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރިއެވެ. " އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި […]
ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ހަޤީޤަތް ހޯދާށެވެ- ހުކުރު ޚުޠުބާ

އިސްލާމް ދީނަކީ އުޚުއްވަތްތެރިކަމުގެ ދީނެވެ. އޯގާތެރިކަމާއި ރަހުމާއީ ހަމްދަރުދީގެ ދީނެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. މި ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއް ނޫނެވެ. އެހެނީ އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑެވެ. މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަސްރާއި ކާމިޔާބީއާ ހަމައަށް ވާސިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއް […]
ރަމަޟާންމަހު އެކަށީގެންވާ އަގެއްގައި މުދާ ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެސްޓީއޯ ތައްޔާރުވެއްޖެ!

ކުރިއަށް މިއޮތީ ރަމަޟާންމަހެވެ. ގިނަބައެއްގެ ކަންބޮޑުވުމަކީ ރަމަޟާންމަހު މުދަލުގެ އަގު އެހެނިހެން މަސްމަހާއި އަޅާބަލާއިރު ބޮޑުވުމެވެ. މިކަމަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯއިން ވަނީ މަސައްކަތް ފަށައިފައެވެ. އެސްޓީއޯއިން މައުލޫމާތު ދިންގޮތުގައި އެކުންފުނީގެ މައިގަނޑު މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ރާއްޖޭގެ އެކިކަންކޮޅުތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. " ކޮންމެ އަހަރެއްގެ ރަމަޟާން މަހަށްވެސް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް ދަނީ ވަމުން. ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް […]
"ހެލްޕް ޣައްޒާ- ދިވެހީން ހަނދާނެއް ނުނެތޭ" ނަމުގައި ހިމަންދޫގައި ކުރިއަށްގެންދިޔަ ހަރަކާތުން 260،800 ރުފިޔާ!

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު ހިމަންދޫ ކައުންސިލް، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި އަދި ކްލަބް ޖަމްއިއްޔާތައް ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ވަނީ ހަރަކާތެއް ނިމިދިޔަ ހަފްތާގައި ކުރިއަށްގެންގޮސްފައެވެ. "ހެލްޕް ޣައްޒާ- ދިވެހީން ހަނދާނެއް ނުނެތޭ" ނަމުގައި ހިމަންދޫގައި ކުރިއަށްގެންދިޔަ ހަރަކާތުން ޖުމްލަ 260،800 ރުފިޔާ ވަނީ އެއްކުރެވިފައެވެ. މީގެތެރެއިން 126،560 ރުފިޔާ އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ. މިފަދަ އިޖުތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުން އަންނަ ނަމޫނާއަށްޓަކައި ފަޚުރުވެރިވާކަމަށް […]