ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މުމްތާޒުގެ ބޯންމެރޯ ފަރުވާއަށް އެދެނީ ދީލަތި އެހީއަށް!

މާލެ ދަފްތަރު ނަންބަރު ރސ 5323 އިބްރާހީމް މުމްތާޒް (52އ) އަކީ ހިތްވަރާއެކު އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އެހެންނަމަވެސް ކެންސަރު ބަލީގެ ފަރުވާގައި ގިނަ ދުވަސްތަކެއްވަންދެން އިންޑިއާގައި މަޑުކުރަން ޖެހުން މިއީ މުމްތާޒްގެ ދިރިއުޅުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. 'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން މުމްތާޒު ވަނީ ބަލިހާލަތުގެ ތަފްސީލް ކިޔައިދީފައެވެ. ފުރަތަމަ ކެންސަރު ޖެހުނުކަން އެނގުނީ 2023 ވަނަ އަހަރުގެ މާރިޗްމަހުގަ އެވެ. "އުނަގަނޑުގައި ރިއްސާތީ ދިޔައީ. އިށީނދެފަ ތެދުވާއިރު […]

ވާހަކަ: އޭނާ (ހަވަނަބައި)

ދޮންއާދަނު ހަމަހިމޭނުން ހުއްޓެވެ. އޭނާގެ ކުރިމަތީގައި، ވައިގެ ތެރެއިން، އޭނާގެ ދަރިފުޅުގެ ސިފަ ފެންނަން ފެށިއެވެ. އެއީ ހަމަ އޭނާގެ ލޮބުވެތި ދަރިފުޅެވެ. އެކަމަކު އެ ސިފައިގައި ވަނީ ނުރައްކާތެރި، ބިރުވެރި ކަމެކެވެ. އަޝްރަފް އާއި ސަލީމް ދޮންއާދަނުގެ ގާތުގައި މަޑުކޮއްލައިގެން ތިއްބެވެ. ކުރިމަތީގައި ހިނގަމުން ދިޔަ ކަންތަކުން އެމީހުން ތިބީ ވަރަށް ބިރުންނެވެ. އެ ސިފައިގެ ލޮލުގައި ވަނީ ރަތް އަލިގަދަ ވިދުވަރެކެވެ. އަދި އޭގެ އަތްތައް ވަނީ ދިގު، ތޫނު ނިޔަފަތިތަކަކަށް ބަދަލުވެފައެވެ. ދޮންއާދަނުގެ […]