ގޮތް ނޭނގޭ ލިންކްތައް ނުހުޅުވާ، ތަފާތު ނަންނަމުގައި ސްކޭމް މެސެޖުތައް ދަނީ ފޮނުވަމުން!

އޮޅުވާލައިގެން ތަފާތު ނަންނަމުގައި ސްކޭމްތައް ހިންގައިގެން ފައިސާ ހޯދުމަކީ ދިވެހިރާއްޖޭގައި ވެސް އާންމުވެފައިވާ ބޮޑު މައްސަލައެކެވެ. މިގޮތުން ފުލެޓް ލިބިއްޖެކަމަށް ބުނެ ފޯނުން ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކާއި އިނާމު ލިބޭ ކަމަށް ބުނެ ތަފާތު ނަންބަރުތަކުން ފޮނުވާ މެސެޖުތަކާއި ލިންކުތައް ފާހަގަކުރެވެއެވެ. ވޭތުވެދިޔަ 3 ދުވަހު ގިނައަދަދެއްގެ މީހުންނަށް ލިބިފައިވާ ސްކޭމް މެސެޖެއްގައި ވެއެވެ. "އަހަރެން މީ ކާކުކަން އެނގޭތަ؟ ފުރަތަމަ 1000 ބައިވެރިންނަށް ކިރަބެޓް އިން ހިލޭ 5 ޑޮލަރު ދޫކުރާ މި […]