މެޒޯ މުހައްމަދު ވަކިވުމުގެ 45 މިނިޓް ކުރިން ނަގާފައިވާ މި ހަނދާނީ ފޮޓޯއިން ބުނެދޭ ވާހަކަތައް!

މިއުޒިކީ ދާއިރާއިން އާދަޔާޚިލާފު މަޝްހޫރުކަމެއް ހޯދާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ނިޔާވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. މުހައްމަދު ނިޔާވުމުގެ 45 މިނިޓެއްހާއިރު ކުރިން ނަގާފައިވާ ހަނދާނީ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫޤު އެވެ. ސިންފަނީ ރެސްޓޯރެންޓްގައި ކޮފީގައި އެކުވެރިންނާއެކު މުހައްމަދު އިންއިރު މަރުޒޫގެ ނެންގެވި އެ ފޮޓޯއިން ފެންނަނީ ވަރަށް ހަމަޖެހިލައިގެން އެއްވެސް ހާސްކަމެއް ނެތި މުހައްމަދު އިންނަ މަންޒަރެވެ. އަބަދުވެސް ފެންނަގޮތަށް ކަޅުކުލައިގެ އައިނެއް […]