ރޯދަމަހާއި ކުރިމަތިލާއިރު ކުރެވެމުންދާ ކުށްފާފަތަކާއި ދުރުހެލިވެ ފުރިހަމަ ތަޢުބާއަކުން ތަޢުބާވާށެވެ- ހުކުރު ޚުޠުބާ

އަހަރެމެންނާ ކުރިމަތިވަމުން މިއަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ ރަމަޟާންމަހެވެ. މި ބަރަކާތްތެރި މައްސަރުގެ ސަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން އެމައްސަރާ އިސްތިޤުބާލު ކުރަންޖެހެއެވެ. ރަމަޟާންމަސް ކައިރިވެގެން އަންނަ ހިނދު ކައުއިތުރު ރަސޫލާ ﷺ އަސްޙާބު ބޭކަލުންނަށް އެ މަހުގެ މުހިއްމުކަމާއި ބަރަކާތްތެރިކަން ބަޔާންކޮށްދެއްވައި އެކަލޭގެފާނު ހަދީޘް ކުރައްވައިފައިވެއެވެ. މާނައީ:   "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟު […]