ވާހަކަ: އޭނާ (އަށްވަނަބައި)

ކުއްލިއަކަށް ބޮކި ދިއްލިގެން ދިޔައެވެ. އަޝްރަފްގެ ކުރިމަތީގައި ހުރީ ސިއްތިއެވެ. އެ އަންހެންމީހާ ވަނީ ގެއްލިފައެވެ. ސިއްތިގެ މޫނުމަތީގައި ފެންނަނީ ހިނިތުންވުމެކެވެ. "ސިއްތި... ކިހިނެއްވީ؟ އެ އަންހެންމީހާއަކީ ކާކު؟" އަޝްރަފް ސުވާލުކުރިއެވެ ސިއްތި ޖަވާބެއް ނުދެއެވެ. އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އަޝްރަފްގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. އޭނާ ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ސިއްތި އަޝްރަފްގެ ކައިރިއަށް އައެވެ. "އަހަރެންނަކީ ކާކުކަން ބުނެދޭންވީތަ؟" ސިއްތި ވަރަށް ބިރުވެރި އަޑަކުން ބުންޏެވެ. ސިއްތިއަކީ ނަފްސާނީ ގޮތުން […]