ދޮގު ފެތުރުމާއި ޢީބަ ބުނުމާއި ނެތިމޮށުން ފަދަ އަމަލުތައް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި!

ދިވެހި މުޖުތަމައު އިސްލާހު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވީ ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރޯދަމަހާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދެމުންދާ މަސްދަޅު ކޭސް ބަހަން ފެށުމާއެކު ފަތުރަމުންދާ ތަފާތު ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ނިމިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކަރަންޓު ބިލާއި ފެންބިލުން ރަމަޟާންމަހު ޑިސްކައުންޓް ދޭނެކަމަށެވެ. " ފުރަތަމަ ކޮންވާހަކައެއްތޯ ދެކެވުނީ މަސްދަޅުކޭހުން ވަކިވަރަކަށް […]