ހާދިސާ: ޓެކްނޮލޮޖީއާއި ނުލާ ދިރިއުޅެން ބޭނުންވާ މީހުންގެ ދިރިއުޅުން އުފާވެރި!

މިއޮއްފަދަ ތަރައްގީ ޒަމާނުގައި ބައްޕަ ބުނެގެން ބައްޕައާއެކު އަދުހަމް ބޭންކުގައި ފައިސާ ޓްރާންސްފަރ ކުރުމަށް އެއްގަޑިއިރު ހޭދަކޮށްފިއެވެ. އެހާ ކުޑުކަމެއްގައި ބައްޕަ ބޭންކަށްގޮސް އެހާގިނަ ވަގުތު ހޭދަކުރުމުން ވަރަށް އަދަބުވެރިކަމާއެކު އަދުހަމް އޭނާގެ ބައްޕަ އާއި ސުވާލުކުރިއެވެ. "ބައްޕާ، ކީއްވެ ބައްޕަގެ ފޯނަށް އިންޓަރނެޓް ބޭންކިންގ އެކްޓިވޭޓް ނުކޮށް ހުންނަނީ އެއިރުން ގޭގައި ހުރެގެންވެސް ތިކަން ކޮށްލެވިދާނެ؟" ބައްޕަ: "އަހަރެން އެކަން ކުރަންވީ ކީއްވެ؟" ބައްޕަ ސުވާލުކުރިއެވެ. އަދުހަމް: އޭރުން ވަގުތު ސަލާމަތްވާނެ އަދި ބައްޕައަށް އޮންލައިންކޮށް […]