ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހު ޤާނޫނުއަސާސީ އާއި ޚިލާފު- ބާ ކައުންސިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ޤާނޫނުއަސާސީއާއި ޚިލާފު ކަމަށް ދިވެހިރާއްޖޭގެ ބާކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. " މިބިލުގައި އާންމު މަސްލަހަތާއި ގުޅުންހުރި ޤާނޫނީ/ދުސްތޫރީ ބޮޑެތި ކަންބޮޑުވުންތަކެއް މި ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއާއި ޖުމްލަކޮށް މުޅި ޤާނޫނީ ފަންނުގެ މެންބަރުންގެވެސް ހުރީތީ އެކަންބޮޑުވުންތައް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސްއާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ބަންޑާރަނައިބާއި […]