ރޯދަމަހުގެ ކަރަންޓް ބިލުން މަދުވެގެން 10 އިންސައްތަ ޑިސްކައުންޓް ނުލިބޭ އެއްވެސް ގެއެއް ނުހުންނާނެ- ސްޓެލްކޯ

ރޯދަމަހަކީ އާންމުކޮށް ގޭބީސީތަކުގެ ކަރަންޓްބިލާއި ފެންބިލް އިންތިހާއަށް ބޮޑުވާ މަހެކެވެ. އެހެނިހެން މަސްމަހާއި އަޅާބަލާއިރު ގިނައަދަދަކަށް ރޯދަމަހު ކަރަންޓް ބޭނުންކުރެވޭއިރު މިއަހަރުގެ ރޯދަމަހުންވެސް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާ އެކަން އިއުލާން ކުރައްވާފައެވެ. ސްޓެލްކޯއިން މައުލޫމާތުދޭގޮތުގައި ބިލުތަކުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ކަރަންޓް އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ، މާރޗް އަދި އޭޕްރީލްމަސް އުނިކުރުމަށްފަހު ބާކީ އޮންނަ 9 މަސްދުވަހުގެ ކަރަންޓްބިލްގެ އެވްރެޖަކީ އާންމު މަސްތަކުގައި ކަރަންޓް […]
ރޯދަމަސް ފެށިއްޖެ، އުރީދޫއާއެކު ކަރާ ފަޅަން ތައްޔާރުތަ؟

އެހެނިހެން ރޯދަމަހެކޭ އެއްގޮތަށް މި ރޯދަމަހުވެސް އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ހަދިޔާތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ގިނަ އިނާމުތަކާއި އޮފާތަކާއެކު ގާތް ނުވަތަ ދުރުގައިވިޔަސް ތިމާގެ މީހުންނާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް އެންމެން އެކީގައި އުރީދޫގެ ކަރާ ފަޅައި އިނާމު ހޯދިދާނެއެވެ. ރޯދައިގޭ ނޫރު - ރަމަޟާން މަހުގެ ދަތުރެއް އުރީދޫގެ މިއަހަރު ރޯދަ ކެމްޕެއިނުން ގެނެސްދެނީ ކުޑަކުއްޖެއް ކަމަށްވާ ނޫރުގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތަކެކެވެ. ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން […]
ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ނުބައިބަސްތައް ބުނުމާއި ޒުވާބުކުރުންފަދަ ނޭދެވޭ ކަންތައްތަކާއި ދުރުހެލިވެގެން- ހުކުރު ޚުޠުބާ

އަހަރެމެންނާ މި ބައްދަލު ކުރަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ މަހު ހިފާ ރޯދައާއި ކުރާ ހެއު އަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މަހެވެ. އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވެއެވެ. އެއީ ނަރަކައިން ދިންނެވުމުގެ މަހެވެ. ހެއު އަމަލުތަކަށް މަގުފަހިވާ މަހެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވޭ މަހެވެ. ޝައިތާނުން ކަސްތަޅު […]