އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން- ހުކުރު ޚުޠުބާ

ރޯދަ ފަރުޟު ކުރައްވައިފައިވަނީ ތަޤްވާ ވެރިކަން ހާސިލު ކުރުމަށްޓަކައިކަން މި އާޔަތުން ވަރަށް ސަރީހަކޮށް އެނގެއެވެ. ތަޤްވާވެރިކަމަކީ ކޮބައިކަން ސިފަކޮށްދެއްވައި އަލިއްޔު ބުން އަބީޠާލިބް ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. "އެއީ މަތިވެރިވަންތަ ﷲ އަށް ބިރުވެތިވުމާއި ﷲ ބާވައިލެއްވި ފޮތަށް އަމަލުކުރުމާއި އެކަލާނގެ ދެއްވި މަދު މިންވަރަށް ރުހުމާއި، މަރަށް ތައްޔާރުވެ ހުރުމެވެ". ރޯދައަކީ ﷲ ތަޢާލާގެ އަމުރުފުޅުތައް ޤާއިމުކޮށް އެކަލާނގެއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަމެވެ. ރޯދައިގެ […]