ވާހަކަ: އޭނާ (ދިހަވަނަބައި)

މެހެމާނުން ކެއުމުގައި މަޝްޣޫލުވެފައިވާ އިރު، އެމީހުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. އެހެންނަމަވެސް، ސިއްތި އެތަނަށް ވަދެގެން އައުމާއެކު އަޝްރަފްގެ ހަރަކާތްތައް ކުއްލިއަކަށް ހުއްޓުނެވެ. ސިއްތިގެ މިސްރާބު އަމާޒުވެފައިވަނީ ސީދާ އަޝްރަފްމެން ތިބި ދިމާލަށެވެ. ނަމަވެސް، ސިއްތިއަށް އަޝްރަފްމެން ފެނިފައިވާކަން ކަށަވަރެއް ނުވެއެވެ. އަޝްރަފް ސިއްތި ނުފެންނަކަމަށް ހެދިގެން އިނެވެ. "އެއަންނަނީ ސިއްތި. އެއީ މި ރަށުގައި އުޅޭ ސިކުނޑި ހަމަނުޖެހޭ މީހެއް" އަމީނާ އަޝްރަފްގެ ސަމާލުކަމަށް ބުނެލިއެވެ. "އެހެންތަ. އަޅާނުލާ" އަޝްރަފް ޖަވާބު ދިނެވެ. "އޭނަ […]