އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ކުރި އަސަރު: ފަރުދީ ޒިންމާ އަދާކުރަމާ!

އޮފީސް ނިމުމަށްފަހު ގޭގެ ކައިރީގައި ހުރި މިސްކިތުން އަސުރު ނަމާދު ކޮށްލައިގެން ގެޔަށް ދިޔައީމެވެ. އެއީ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެންގެ ފަސް އަހަރަށްދާ ކުޑަދަރިފުޅު އޭރު ހުރީ ބުރެއް ޖަހާލުމަށް ދިއުމަށް އަހަރެންގެ އިންތިޒާރުގައެވެ. މިއީ އާދައިގެ މަތިން އަހަރެންގެ ޝެޑިއުލްގައި ކޮންމެ ދުވަހަކުމެ ހިމެނިފައި އޮންނަ ކަމެކެވެ. އެހެންކަމުން، ކޮފީތައްޓެއް ބޯލައިގެން ދަރިފުޅާއި އެކު ދުއްވާލުމަށް ސައިކަލުގައި ނުކުތީމެވެ. ދަރިފުޅަކީ ބުރިޖަށް އަރަން އަބަދުވެސް ފޯރިހުންނަ ކުއްޖެއް ކަމުން އެދުވަހުވެސް ބުރިޖުގައި ދުއްވާލުމަށް […]