ގޯލްބްލެޑާގައި ހިލަ އުފެދިގެން ގޯލްބްލެޑާ ނަގަން ޖެހުމުގެ ކުރިން ވިސްނަމާ!

ގޯލްބްލެޑާގައި އުފެދޭ ހިލައަކީ ގޯލްބްލެޑާއަށް ޖަމާވާ ޙަޖަމުކުރަން އެހީވެދޭ ފްލުއިޑްގެ ހަރު ބައިތަކެވެ. ގޯލްބްލެޑާއަކީ ބަނޑުގެ ކަނާތްފަރާތުގައި އޮށެއްގެ ބައްޓަމަށް އިންނަ ގުނަވަނެކެވެ. އެ ގުނަވަން އިންނަނީ ފުރަމޭގެ ތިރީގައެވެ. ގޯލްބްލެޑާއިން ހިފަހައްޓައިދޭނީ ކުޑަކަމުދާ ހޮޅިން ބޭރުވާ ޑައިޖެސްޓިވް ފުލުއިޑެވެ. އެއަށް ކިޔަނީ ބައިލްއެވެ. ގޯލްސްޓޯން އުފެދޭއިރު އެކި ސައިޒުތަކަށް ހުރެއެވެ. ކުޑަ ވެލިފުކެއް ވަރަށްވެސް ހުރެދާނެއެވެ. އެހެންހުރެ ހިލަ ބޮޑުވަމުން ގޮސް ގޮލްފް ބޯޅައެއްގެ ސައިޒާ އެއްވަރަށްވެސް ބޮޑުވެދާނެއެވެ. ބައެއް މީހުންގެ އުފެދެނީ އެންމެ ހިލައެކެވެ. […]