ކުރިއަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއް- އެމްއޭސީއެލްގެ ސީއީއޯ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ 59 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. ވީއޭއައިގައި އޮތް މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފް ވަނީ އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިއްމު […]

ވާހަކަ: އޭނާ (ފަނަރަވަނަ ބައި)

އަޝްރަފް ގެއަށް އައިސް ނިދަން އޮށޯތީ ވަރަށް އުފަލުންނެވެ. މިރޭ އުފާވެރި ރެއަކަށް ވީނަމަވެސް، އޭނާގެ ހިތުގައި ދަންވަރު ދިމާވެދާނެ ކަމަކާމެދު ކަންބޮޑުވުން އުފެދިފައިވެއެވެ. ދޮންއާދަނުމެންގެ ގޭގައި ނިދަން އޮތް މުއްދަތު ކުރުވަމުން އަންނަކަން އޭނާއަށް އެނގެއެވެ. އަމީނާއާއެކު ކައިވެނި ކުރުމަށްފަހު، އެ ގޭގައި ދިރިއުޅެން ފަށާނެއެވެ. އަޝްރަފްގެ ސިކުނޑި ތައްޔާރުވެފައި އޮތީ މިރޭވެސް ނުރައްކާތެރި ހާދިސާއަކާ ކުރިމަތިލާންޖެހިދާނެކަމުގެ ވިސްނުމުގައި އޮއްވާ އޭނާ ނިދުނީ ވަރަށް ލަހުންނެވެ. ކުއްލިއަކަށް ދޮރުގައި ތަޅާ އަޑު އިވުނު ކަމަށް ހީވެ، […]