މަޑުލު ވަހީދު: ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ކުޅަދާނަ އެއް ލިޔުންތެރިޔާ!

ދިވެހި އަދަބީ އުޑުގައި ބައިގަރުނެއްހާ ދުވަހު ފިޔަޖަހަމުން އައި އަލިގަދަ ތަރި މަޑުލު މުހައްމަދު ވަހީދު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. މަޑުލު ވަހީދަކީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ މުޝީރެވެ. އުމުރުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް އައިޖީއެމްއެޗްއިން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކަށުނަމާދު ކުރެވުނީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މަޑުލު ވަހީދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި […]
ދިވެހި ބަހުން ވާހަކަ ދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި ޤަބޫލުކުރުމަށް ރައީސް އެދިވަޑައިގެންފި!

ދިވެހިބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހި ބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދީން ގިނަކުރުމަށް ބާރުއަޅައި ދިވެހި ބަހުން ވާހަކަ ދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އެންމެންވެސް ޤަބޫލުކުރުމަށް ރައީސުލްޖުމްޖޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ. ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހިބަސްކަމުގައެވެ. " ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް […]