މުއްސަނދިން ވިސްނާށެވެ! މުދާ ހޭދަކުރަންވާނީ މުދާ ދެއްވި ﷲ ސުބުހާނަހޫ ވަތަޢާލާ އެދިވަޑައިގަންނަވާ ގޮތަށް- ހުކުރު ޚުޠުބާ

ފަޤީރުކަމުގެ ހާލަތަކީ ޢަޤީދާގެ ގޮތުންނާއި ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު އޭނާއާ ކުރިމަތިވާން އެދޭނޭ ހާލަތެއް ނޫނެވެ. ކަން މިހެން އޮތް ނަމަވެސް މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއް ނެތި އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެއެވެ. އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މިހިސާބުންނެވެ. […]