ކުށުގެ ވެށީން ކުޑަކުދީން ސަލާމަތް ކުރުމަށް އެންމެން އެކީ އެއްއަޒުމެއްގައި މަސައްކަތް ކުރަމާ!

ދަރީން އުފަންވީއްސުރެ އެދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ގިނަ ބެލެނިވެރިން މި ޒިންމާ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރާތަން ފެނެއެވެ. އެހެންނަމަވެސް ދަރިން ތަރުބިޔަތު ކުރުމުގައި މަދުންނަމަވެސް އިހުމާލުވެވޭ ބެލެނިވެރިން އެބަތިބި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވިއެވެ. ސްކޫލަކުން ދަރިވަރުންގެ ބޯކޮށިވާހަކައެވެ. ބެލެނިވެރިންގެ ކިބައިން އެދުމުންވެސް ސްކޫލުގެ ގަވާއިދާއި ހެދިފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް އެދަރިވަރުންގެ ބޯކޮށުމަށް އެއްބާރުލުން ނުލިބުނު ވާހަކައެވެ. މި ޕޯސްޓަށް […]