ފުލުހުން ކުރާ މަސައްކަތް ދެފުށްފެންނަ ގޮތެއްގައި އަވަހަށް ރައްޔިތުންނަށް އެނގެން އެބަޖެހޭ - ރައީސް

ދިވެހި ފުލުހުންގެ މުއައްސަސާއިން ކުރިއަށްގެންދާ ބައެއް ތަހުގީގުތަކުގެ މައުލޫމާތު ލިބުން ލަސްވުމަކީ ނޫސްވެރިންނާއި އާންމުންގެ ކަންބޮޑުވުމެކެވެ. މިކަންބޮޑުވުން މިގޮތުގައި އޮއްވާ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ހިއްސާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވެ ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު […]