November 24, 2024 05:50
Advertisement

-Advertisement-

ކުދިން ބެލުމަށް މިކަހަލަ ހުނަރު ހުރި މީހުން މުހިންމުވަނީ ކީއްވެ؟

މީގެ 130 އަހަރު ކުރިން 'އެމިލީ ވާރޑް' ނަމަކަށްކިޔާ އިނގިރޭސިވިލާތު އަންހެނަކު ކުދިންބެލުމުގެ ޚިދުމަތްދޭ އަންހެނުންތަކެއް ތަމްރީނު ކުރުމަށް އުފެއްދި "ނޯރލެންޑް ކޮލެޖު" އިން ހިންގާ 4 އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ނިންމުމަށްފަހު އަމަލީ މައިދާނަށް ނިކުންނަ އަންހެނުންނަކީ، އަމަލީ މައިދާނުގައި ޖެހިލުންކުޑަކަމާއެކު މަސައްކަތްކުރަމުން އަންނަ ވަރަށް ހުށިޔާރު ބައެކެވެ. އަހަރަކަށް 21000 އެމެރިކާ ޑޮލަރު 4 އަހަރު ވަންދެން ކޯސް ފީއެއްގެ ގޮތުގައި ދައްކަންޖެހެއެވެ. ނަމަވެސް މި ކޯސް ނިންމާލުމަށްފަހު ވަޒީފާއިން މި މީހުންނަށް އަހަރަކު މުސާރައިގެ ގޮތުގައި 170،000 އެމެރިކާ ޑޮލަރު ލިބެއެވެ. އިނގިރޭސިވިލާތުގައި އާންމުކޮށް ކުދިންބަލާ މީހެއްގެ މުސާރައިގެ ހަތަރުގުނަ އިތުރަށް މިފަދަ ޚާއްސަ ތަމްރީންތަކެއް ލިބިފައިވާ 'ނެނީސް' އަށް ލިބެއެވެ. އާންމުކޮށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާތަކުން ހަޔާރ ކުރަނީ މިފަދަ ތަމްރީން ލިބިފައިވާ މީހުންނެވެ.

އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާގެ މެންބަރުން އަދި ތަމްރީން ފުރިހަމަކޮށްފައިވާ ނެނީއެއް

ނޯރލެންޑް ނެނީސް އެހާ އަގުބޮޑުވަނީ ކީއްވެ؟

މި މީހުންނަކީ އަމިއްލަ ނަފްސު ދިފާއުކޮށް ރައްކާތެރިވުމާއި އެމީހުންގެ ބެލުމުގެދަށުގައި ތިބޭ ކުދިން ރައްކާތެރިކޮށް ބެލެހެއްޓުމުގެ އުކުޅުތަކާއި ތަމްރީނު ދެވިފައިތިބޭ ޚާއްސަ ބައެކެވެ. އިނގިރޭސިވިލާތުގައި ނަރުހުންގެ ޔުނީފޯމާއި ވައްތަރު ޔުނިފޯމުގައި މަސައްކަތްކުރާ ނޯރލޭންޑް ނެނީސް އަކީ ވަރަށް ޚާއްސަ ބައެކެވެ. ސަބަބަކީ ގިނައިން އެމީހުން ހަޔަރ ކުރަނީ ހައިޕްރޮފައިލް ބޭފުޅުންގެ އާއިލާތަކުގެ ކުދިން ބެލުމަށް ކަމަށްވާތީއެވެ.

Advertisement

މަޝްހޫރު މީހުންގެ ދަރިންނަށް ނުރައްކާތެރިކަން އޮންނަ މިންވަރު އިތުރުވާތީއެވެ. މިފަދަ ބެލެހެއްޓުންތެރިންނަކީ ކޮންމެފަދަ ނުރައްކަލަކާވެސް ކުރިމަތިލުމަށް ފަސްނުޖެހޭ މީހުން ތަކަކަށްވުމެވެ. އެގޮތުން ރަހީނުކުރުމަށް އުޅޭ ބައެއްގެ ކިބައިން ސަލާމަތްވުމާއި ބައެއްގެ ފަރާތުން ކުރިމަތިވެދާނެ އެހެނިހެން ނުރައްކާތަކުން ސަލާމަތްކުރުމުގެ ތަމްރީން ލިބިފައިވުމެވެ.

ކޮލިފައިޑް ނެނީއެއްގެ ތަމްރީން ފުރިހަމަ ކުރުމަށް 4 އަހަރުދުވަހުގެ ދިގު މުއްދަތެއް ހޭދަވެއެވެ. އެގޮތުން ކިޔެވުމުގައި 3 އަހަރު ހޭދަކުރަންޖެހޭއިރު ޚާއްސަ ތަމްރީންތަކުގައި އަމަލީގޮތުން އެއްއަހަރު އުޅެންޖެހެއެވެ. "މި ޕްރޮގްރާމަކީ އަގުގެ ގޮތުން ބަލާއިރު އަގޮބޮޑު ޕްރޮގްރާމެއް ކަމުގައިވިޔަސް ވަޒީފާއަށް ނިކުތުމަށްފަހު ލިބޭ އާމްދަނީގެ ސަބަބުން ކޯހަށް ހޭދަކުރެވުނީ މާބޮޑު އެއްޗެއް ނޫންހެން ހީވާފަހަރުވެސް އާދޭ" މި ޕްރޮގްރާމުގެ ބައިވެރިޔަކު ބުނެފައިވެއެވެ. އެކައުންޓެންޓް އަދި ޤާނޫނީވަކީލަކަށް ލިބޭ އާމްދަނީއަށްވުރެން އެތައްގުނައެއް ބޮޑު އާމްދަނީއެއް މި މީހުންނަށްލިބޭ ކަމަށްވެއެވެ.

މި މީހުންނަކީ ހުރިހާ ބާވަތެއްގެ ކާތަކެތި ކެއްކުމުގެ ހުނަރާއި ފަހާ ފޮށިންނާއި ތިނޯސް ބޭނުންކޮށްގެން ފެހުމުގެ ހުނަރު އަދި ކާރު ދުއްވުމުގެ ހުނަރު އެންމެ މަތީ ފެންވަރުގައި ލިބިފައި ތިބޭ ބައެކެވެ. ޚާއްސަކޮށް ކުޑަކުދިންގެ ކާނާ ތައްޔާރުކުރުމަށް އެހާ ކުޅަދާނަ ބައެކެވެ.

މަސްދަރު: އިންސައިޑަރ

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް