ދުނިޔޭގައި ތަފާތު ވައްތަރުތަކުގެ މިޔަރު އުޅޭއިރު މިޔަރު ދިރިއުޅެނީ ކަނޑުފަޅުގައެވެ. އަނގައިގައި ވަރަށް ތޫނު ދަތްތަކެއް ހުރެއެވެ. ކޮތަރީގެ ބަދަލުގައި މިޔަރުގައި އުރަހަ ހުންނައިރު ކަންފަތް ހުންނަނީ އުރަހައެއްގެ ސިފައިގައި ބަނޑުދަށް ފަރާތުގައެވެ. އޭގެތެރެއިން 20 ބާވަތެއްގެ މިޔަރަކީ އިންސާނުންނަށް ހަމަލަދޭ ބާވަތުގެ މިޔަރެވެ. ހިތާމަޔަކީ މޫދުގައިއުޅޭއިރު މީހަކަށް ހަމަލަދޭން މިޔަރު ބޭނުންވެއްޖެނަމަ އޭގެ ކިބައިން ސަލާމަތްވުމަކީ އުނދަގޫކަމަކަށްވުމެވެ.
މިޔަރުގެ ބައިތައް. ފޮޓޯ:ވިކިޕީޑިއާ
ވިސްނަންވީ ކަންތައްތައް:
- މޫދުގައި އުޅޭއިރު މޫދަށް ކުޑަކަމު ނުދިއުމާއި ލޭގެ އަސަރުކުރާ ކަންތައް ނުކުރުން، ސަބަބަކީ މިތަކެތީގެ ވަސް އެތައް ކިލޯމީޓަރެއްގެ ދުރުން ދެނެގަތުމުގެ ގާބިލުކަން މިޔަރުތަކަށް ލިބިގެންވުމެވެ.
- މޫދުގައި އުޅޭއިރު މިޔަރެއް ދިމާކޮށްފިނަމަ ހާސްވެ އެއަށް ފުރަގަސްދީ ދުރަށްދާން މަސައްކަތް ނުކުރާށެވެ. އެގޮތަށް ދުރަށްދާން މަސައްކަތްކޮށްފިނަމަ މިޔަރަށް އެއީ ކާއެއްޗެއް ގޮތުގައި ބެލެވި ހަމަލަދޭން މަސައްކަތްކުރާނެއެވެ. އެހެންކަމުން ހަރަކާތް މަދުކުރުމަށްފަހު ވިސްނުންތެރިކަމާއެކު މަޑުން ހަރަކާތްކުރާށެވެ.
- މިޔަރުގެ ހަމަލާއެއް ކުރިމަތިވެއްޖެނަމަ މިޔަރުގެ ލޮލަށާއި ކަރުތާފަތްގަނޑަށް އަމާޒުކޮށް ހަމަލާދޭށެވެ. އެއީ މިޔަރުގެ އެންމެ ނާޒުކު ތަންތަނެވެ.
ދިވެހިރާއްޖޭގައި ވެސް މަސްވެރިކަންކުރުމަށް އުޅޭ މީހުންނަށް މިޔަރުގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. ދާދިފަހުން ވަނީ މަހަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިޔަކުވެސް މިޔަރެއްގެ ހަމަލާއަކުން ޒަހަމްވެފައެވެ.
Advertisement
މައުލޫމާތު: ބްރައިޓް، ވިކިޕީޑިއާ









