Advertisement
header ad
XeeTimesXeeTimes
ދެމަފިރިން ވަކިން ނިދުމަކީ ރަނގަޅުގޮތް ކަމަށް ގަބޫލުކުރާ މީހުން އުޅޭ ގައުމެއް!

ދެމަފިރިން ވަކިން ނިދުމަކީ ރަނގަޅުގޮތް ކަމަށް ގަބޫލުކުރާ މީހުން އުޅޭ ގައުމެއް!

ޖަޕާނުގައި މީހުންނާ އިނދެގެން ދިރިއުޅޭ މީހުންނަކީ އާންމުކޮށް ގެއެއްގައި ނުވަތަ އެޕާޓްމަންޓުތަކުގައި އާއިލާގެ އެހެނިހެން މެންބަރުންނާއި ވަކިން ދިރިއުޅޭ މީހުންނެވެ. އަދި އެމީހުން ނިދައިއުޅެނީ ކޮޓަރިތެރޭގައި ދެމީހުން ވަކި އެނދު ތަކުގައެވެ. އެމީހުން ގަބޫލުކުރާގޮތުގައި އެގޮތަށް ނިދުމަކީ އެންމެ ރަނގަޅުގޮތެވެ.

ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ވަކިން ނިދަނީ ކީއްވެ؟

ސަބަބަކީ ދެމީހުންނަކީ މަސައްކަތުގެ މާހައުލުގައި ވަކި ޝެޑިއުލެއްގެ ދަށުން މަސައްކަތްކުރާ މީހުންކަމުގައިވާނަމަ އެމީހުން ގަބޫލުކުރާ ގޮތުގައި ދެމީހުން ދެ އެނދުގައި ނިދުމުން މަސައްކަތަށް ނުވަތަ ވަޒީފާއަށް ދިއުމަށް ފަތިހު ހޭލައިގެން ތައްޔާރުވެގެން ދިއުމާއި، ލަސްވަންދެން މަސައްކަތުގައި އުޅެފައި ގެއަށްއައިސް އަރާމުކުރުމުގައި އެކަކު އަނެކަކަށް އުނދަގޫނުވުން ހިމެނެއެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އުނދަގުލަކާނުލައި އަރާމުކޮށް ނިދާލުމުގެ ފުރުސަތު ލިބެއެވެ.

Article - in content
Advertisement

ޅަދަރިން މަންމަ ކައިރީގައި ނިންދަވަނީ ކީއްވެ؟

ޖަޕާނުގައި ޅަދަރިމައިން އެމީހުންގެ ދަރިން ކައިރީގައި ނިންދެވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެއެވެ. ބައެއް ދިރާސާތަކުން އެނގޭގޮތުގައި މިގޮތަށް ނިދުމުން މައިމީހާއަށާއި ކުޑަދަރިފުޅަށް ހަމަނިދި ލިބި ދަރިފުޅުގެ ހިތުގެ ހިނގުން އަދި ގައިގެ ފިނިހޫނުމިން ހުންނަންޖެހޭ މިންގަނޑުގައި ހުރުމަށް އެހީތެރިވެދެއެވެ. އަމިއްލަނަފްސަށް އިތުބާރުކޮށް ވިސްނުމުގެ ހުނަރު ތަރައްގީވުމަށް އެހީތެރިވެދޭ ކަމެއްގެ ގޮތުގައިވެސް މައިމީހާ ކައިރީގައި ދަރިފުޅު ނިންދެވުން ވެއެވެ.

ވަކިން ނިދުން

ގިނަމީހުން ދެކޭގޮތުގައި ދެމަފިރިން ވަކިން ނިދުމަކީ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބަކަށްވެއެވެ. ނަމަވެސް ޖަޕާނުގައި މިކަން އޮންނަނީ އެގޮތަކަށް ނޫނެވެ. އެމީހުން ދެކެނީ އެއީ އެއްވެސް އުނދަގުލެއް ކުރިމަތިނުވެ އަރާމު ނިންޖަކުން ނިދާލެވުންކަމަށެވެ. ހަމައެގޮތަށް އެމީހުން ދެކެނީ ގުގުރިދެމުން، އެކަކު އަނެކަކުގައިގައި ނިދީގައި ފައިންޖެހުން ފަދަ ކަންކަމަކީ ހަމަނިދި ނުލިބެން ދިމާވާ ސަބަބެއްކަމަށެވެ. އެގޮތުން ބައެއް މީހުން ދެކޮޓަރިއެއްގައި ނިދައެވެ. އަދި ޖަޕާނަކީ މިގޮތަށް ނިދުމުގެ ފަލްސަފާއެއް އޮންނަ ގައުމެއްކަން އެނގެއެވެ. ތިބާ ނިދަނީ ކިހިނެއް؟ އަދި މިގޮތަށް ނިދުމުން ތިބާގެ އާއިލީގުޅުމަށް ވާނީ ކިހިނެއް؟ އަމިއްލައަށް ތަޖުރިބާކޮށްލަމާތޯ އެވެ.

 

މައުލޫމާތު އަދި ފޮޓޯ: ބްރައިޓްސައިޑް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —