July 8, 2024 09:43
Advertisement

-Advertisement-

ޒައިތޫނި، ލޮނުމެދު، ބީޓްރޫޓް ގަންނައިރު ވިސްނަންވީ ކަންތައްތައް!

ދުވަހުގެ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރަމުންގޮސް ގަޑި ނިމެން ކައިރިވާއިރަށް ފޯނަށް އޮންނަނީ ގަންނަންޖެހޭ ތަކެތީގެ ލިސްޓް ލިބިފައެވެ. ތަރައްގީވެ ކުރިއަރަމުންދާ މިޒަމާނުގައި މަގުމައްޗަށް ނިކުމެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކޮންމެވެސް ބާވަތެއްގެ އެއްޗެއް ވިއްކާ ތަންތަނެވެ.

ތަރުކާރީއާއި މޭވާ ވިއްކާ ފިހާރަތައް ގިނަވިއަސް ތާޒާ ބާވަތްތައް ލިބެންހުންނަނީ މަދު ފަހަރަކުއެވެ. އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުން ބަލަނީ ލިބިފައިވާ ވަގުތުގެ ކުޑަކަމުން އެ ފޮނުވާފައިވާ ލިސްޓުގެ ގިނަ ބާވަތްތަކެއް އަވަހަށް ގަނެގެން ގެއަށްދިއުމަށެވެ.

ތިރީގައި މިވަނީ ޒައިތޫނި، ލޮނުމެދު އަދި ބީޓްރޫޓް ގަންނައިރު ތާޒާ އަދި ރަހަ ރަނގަޅު ބާވަތްތައް ގަތުމަށް އިސްކަންދެވިދާނެ ކަންތައްތަކެވެ. 

Advertisement

ޒައިތޫނި

ޒައިތޫނި ގަންނައިރު އެންމެ ރަނގަޅީ އޮށް ހުންނަ ވައްތަރުގެ ޒައިތޫނި ގަތުމެވެ. އޮށާއި އެއްކޮށް ހުންނަ ޒައިތޫނީގައި އަސްލު ރަހަ ހުންނާނެއެވެ. އޮށް ނަގާފައި ހުންނަ ޒައިތޫނީގައި ތާޒާކަން ގެއްލި، ހުންނާނީ މިލާފައިވާ ގޮތަކަށެވެ.

ލޮނުމެދު

ލޮނުމެދު ގަންނަންގޮސް ގަތުމުގެ ކުރިން ލޮނުމެދުގެ ވަސް ބަލައިލާށެވެ. ހަލާކުވެފައިވާ ލޮނުމެދު ހުންނާނީ ހިކިފަ ހުންނަގޮތަށް އަދި ނުބައި ވަހެއް ހުންނާނެއެވެ.

ބީޓްރޫޓް

ބީޓްރޫޓު ގަންނައިރު ގަހުގައި ފެހިކަންގަދަކޮށް ހުންނަ ބީޓްރޫޓް އިޚްތިޔާރުކުރާށެވެ. އެގޮތަށް ހުންނާނީ ތާޒާ ބީޓްރޫޓެވެ. ނަމަވެސް ކޮންމެ ފަހަރަކު މިބާވަތުގެ ބީޓްރޫޓް ނުލިބިދާނެއެވެ. އެހެންކަމުން ދެން ބަލަންވީ ބޮޑެތި ބީޓްރޫޓު ނެގުމުގެ ބަދަލުގައި މޫ އެހާދިގުނޫން އަދި ކުދިކުދި މޫތައް ގިނައިން ނުހުންނަ ބީޓްރޫޓް ގަންނާށެވެ. އެހެންނޫނީ ފޮނިރަހަ މަޑު ބީޓްރޫޓް ގަނެވުމަކީ އެކަށީގެންވާ ކަމެކެވެ.

+1
2
+1
1
+1
12
+1
2
+1
0
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް