Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ކިނބުލެއް ދިމާކުރިތަ؟ ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން

މައުލޫމާތު: ކިނބުލެއް ދިމާކުރިތަ؟ ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން

ކިނބުލުގެ އާއިލާގެ 16 ވައްތަރެއްގެ ކިނބޫ އުޅޭކަމަށްވެއެވެ. އެގޮތުން ކަނޑު(ލޮނުފެނު) ގައާއި ކޯރުތަކުގައި ކިނބޫ އުޅެއެވެ. ކިނބުލުގެ ސައިޒު ބިނާވަނީ އޭގެ އުމުރަށެވެ. އެގޮތުން 5-20 ފޫޓަށް ބޮޑުވާ ކިނބޫ ހުންނަކަމަށްވެއެވެ. އަދި އެންމެ ބޮޑެތި ކިނބުލުގެ ބަރުދަނުގައި 900 ކިލޯ ހުންނަކަމަށްވެއެވެ. ކިނބުލަކީ ފެނުގައި އޮންނައިރު އޭގެ ލޮލާއި ނޭފަތް ފެނުން މައްޗަށްވާގޮތަށް އޮވެ ހުށިޔާރުކަމާއެކު ޝިކާރަކޮށްގެން ކައިއުޅޭ އެއްޗެކެވެ. ކިނބުލަކީ އަނގައިގެ ކަށިގަނޑު ވަރުގަދަ އެއްޗެއްކަމުން އޭގެ ޝިކާރައަކަށްވާ އެއްޗަކަށް ސަލާމަތްވުމުގެ ފުރުސަތު ކުޑައެވެ.

ކިނބުލުގެ ހަމަލާއެއް އަމާޒުވެއްޖެނަމަ ހަދާނީ ކިހިނެއް؟

ކިނބުލެއްގެ ހަމަލާއެއް އަމާޒުވެއްޖެނަމަ އޭގެ ކަރަށް ނުވަތަ ލޮލަށް އަމާޒުކޮށް ހަމަލަދޭށެވެ. ސަބަބަކީ އެތަންތަނަކީ އޭތީގެ އެންމެ ނާޒުކު ތަންތަން ކަމަށްވާތީއެވެ.

Article - in content
Advertisement

އެއްގަމުގައި އުޅޭއިރު ކިނބުލެއް ދިމާކޮށްފިނަމަ އެންމެ ރަނގަޅު ގޮތަކީ އަޑުހަރުކޮށް ހަޅޭއްލަވައި ޒިގްޒެގް ކޮށް ދުއްވައިގަތުމެވެ. މޫދު ނުވަތަ ކޯރެއްގައި ކިނބުލެއް ދިމާކޮށްފިނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް މަޑުމަޑުން ހަރަކާތްތެރިވެ ދުރަށް ދިއުމެވެ. މޫދުގައި އަޑުގަދަކޮށް ތެޅިގެންފިނަމަ ކިނބުލުގެ ސަމާލުކަމަށް އައިސްދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —