Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ގަސް ކަނޑާއިރު ވިސްނަންވީ ކޮންކަމަކަށް؟

މައުލޫމާތު: ގަސް ކަނޑާއިރު ވިސްނަންވީ ކޮންކަމަކަށް؟

1. ގަސް ކެނޑުމުގެ ކުރިން ގަސް ވައްޓާލަން ބޭނުންވާ ދިމާލެއް ކަނޑައެޅުން.

ގަސް ވެއްޓުމުގެ ކުރިން ބަލަންވާނީ އެހެނިހެން ގަސްތަކަށާއި އަދި އެސަރަހައްދެއްގައި ހުރި މުހިންމު ތަކެތި ސަލާމަތްކުރެވޭ ގޮތަށް ހުސްކޮށް އޮންނަ ދިމާލަކަށް ވާގޮތަށް ގަސް ވައްޓާލުމަށެވެ.

2. ގަސްކަނޑާ މީހާ، ގަސް ވެއްޓޭއިރު ސަލާމަތްވާން ނިކުންނަން ދެ ދިމާލެއް ކަނޑައެޅުން.

Article - in content
Advertisement

ގަސް ވެއްޓޭއިރު ގަސްކަނޑާ މީހާ ހުންނަ ފަޅިން 45 ދަރަޖައަށްވާގޮތަށް ނިކުންނަ ދިމާ ނުވަތަ މަގު ކަނޑައެޅުން. އެގޮތުން އެދިމާތަކުގައި ގަސްތައް ހެދިފައިވާނަމަ ފަސޭހައިން ދެވޭގޮތަށް ގޮފިތައް ކޮށާފައި ބެހެއްޓުން.

3. ގަސް ކަނޑަން ފެއްޓުން

މަތިން ތިރިއަށް ވާގޮތަށް ގަހުގެ ވަށަމިނަށް ބެލުމަށްފަހު ތިންބައިކުޅަ އެއްބައި ވަރަށް ކަފާލާށެވެ.

މަތިން ތިރިއަށް ކެފުމަށްފަހު ތިރިން ސީދަލަށް ކަފާ އެބައި ގަހުން ވަކިކުރާށެވެ.

4. ގަސް ވައްޓާލަން ތައްޔާރުވުން 

ކުރިން ކަފާލިފަޅި ނޫން އަނެއް ފަރާތުން ސީދަލަށް ކީހަމުންގޮސް 10 ނުވަތަ 20 އިންސައްތަ އަށް ބާކީ ނުކެފިހުރިބައި އައުމުން ކީހުން ހުއްޓާލާށެވެ.

5. ގަސް ވެއްޓުން

ގަސްވެއްޓެން ފެށުމުން އަވަހަށް އެއްކަލަ ނިކުންނަން ތައްޔާރު ކުރި ދެމަގުންކުރެ މަގަކުން އަވަހަށް ގަހާއި ދުރަށް ދާށެވެ.               

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —