October 6, 2024 09:58
Advertisement

-Advertisement-

މައުލޫމާތު: އާމަނަކައިން ލިބޭ ފައިދާއާއި ގެއްލުން!

ގޯތިތެރެ ރީތިކޮށްލުމަށާއި ހިތްހަމަޖެހުން ހޯދުމަށް ރީތި ގަސްތައް އިންދުމަކީ ވަރަށްގިނަ މީހުން ކުރަމުންއަންނަ ކަމެކެވެ. އެގޮތުން އާމަނަކަ ގަހަކީވެސް ހައްދާލަން ރީތި ގަހެކެވެ. އާމަނަކަ ގަހަކީ 6–15 ފޫޓުގެ ދެމެދުގެ އުސްމިނަށް އާންމުކޮށް ހޫނު ސަރަހައްދު ތަކުގައި ހެދޭ ގަހެކެވެ. އަދި ބޮޑުމިނުގައި 20 އިންޗި ހުންނަ ތަރިއެއްގެ ބައްޓަމާ އެއްގޮތްވާ ފަތެއް ހުންނަ ގަހެކެވެ. މިބާވަތުގެ އެކިކުލަތަކުގެ ގަސް ހުރެއެވެ.

އާމަނަކަ ތެލުން ލިބޭ ފައިދާތައް

އާމަނަކަ ތެލަކީ ބޭސްވެރިކަމާއި، ސިނާޢީ ގޮތުން ގިނަ ބޭނުންތަކެއް ކުރާ، އެތައް އަހަރެއް ވަންދެން މީހުން ބޭނުން ކުރަމުން އަންނަ ތެލެކެވެ. މިތެލަކީ އާމަނަކަ ގަހުގެ އޮށްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ތެލެކެވެ. އަދި އެއީ އާންމުކޮށް ކާނާއާއި، ބޭސްތަކާއި، ހަންގަނޑަށް ފަރުވާދޭ އުފެއްދުންތަކުގައި ބޭނުންކުރާ ތެލެކެވެ.

Advertisement
  • ވިހައިގެ އަސަރު ކުޑަކުރުމަށް އާމަނަކަ ތެޔޮ ބޭނުންކުރެވިދާނެ
  • ބޮލުގެ އިސްތަށިގަނޑު ރީތިކުރުމަށް އާމަނަކަތެޔޮ ބޭނުންކޮށްގެން މަސާޖުކުރެވިދާނެ
  • ހަށިގަނޑު މަސާޖު ކުރުމަށް އާމަނަކަތެޔޮ ބޭނުންކުރެވިދާނެ. އެގޮތަށް ބޭނުންކުރުމުން ރިހުންތައް ފަސޭހަވުމަށް އެހީތެރިވޭ. އަދި ހަންގަނޑު ރީތިކޮށްދޭ

ކުރީޒަމާނުގައި މިޞްރުގައި އަލިކުރުމަށް ބޭނުންކުރި ބައްތީގެ ތެލުގެ ގޮތުގައި އާމަނަކަ ތެޔޮ ބޭނުންކޮށްފައިވެއެވެ. 

ލިބޭ ގެއްލުން

މިގަހުގައި އަޅާ އޮށްތަކަކީ (އެހުރިގޮތަށް އޮށް ބޭނުންކުރުމުން) ވިހައެކުލެވޭ ބާވަތެއްގެ އޮށެކެވެ. ގޯތިތެރޭގައި މިބާވަތުގެ ގަސް ހައްދާއިރު މިގަހުގެ އޮށްތަކަކީ ކުޑަކުދިން ގަޔާވާކަހަލަ ގޮތަކަށް ހުންނަ އެއްޗެއް ކަމުން ކުޑަކުދިން މިގަހާ ކައިރިވާއިރު ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. 

  • ބަނޑުހަރުވެގެން ބޮޑުކަމުދާން އުނދަގޫވާތީ ބައެއް މީހުން އާމަނަކަތެޔޮ ބޭނުންކުރިއަސް، މިތެޔޮ ބޭނުންކުރަން ވާނީ ޑޮކްޓަރެއްގެލަފާ ހޯދުމަށްފަހު.
  • ތަފާތު ސިއްޙީ މައްސަލަތައް ހުންނަ މީހުންވެސް އާމަނަކަތެޔޮ ބޭނުންކުރަން ވާނީ ޑޮކްޓަރުގެލަފާގެ މަތިން. 

މައުލޫމާތު: ހެލްތްލައިން

+1
5
+1
9
+1
1
+1
2
+1
1
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް