October 6, 2024 10:28
Advertisement

-Advertisement-

އުނި: ބޮލުގަ އުނިމާ ހަރުކޮށް، ހާރުހަދާ ކަރުގަ އަޅައިގެން އުޅުނީ ކޮންބައެއް؟

އުނި ގަހަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފަސޭހައިން ހެދޭ ބާވަތެއްގެ ގަހެކެވެ. މިގަހަކީ 6-19 ފޫޓުގެ އުސްމިނުގައި ހެދޭ ލަކުޑިގަނޑު އަޅިކުލައިގައި ހުންނަ ގަހެކެވެ. ފަތުގެދިގުމިނުގައި 6-9 ފުޅާމިނުގައި 4-7 އިންޗިއަށް ވަށްކޮށް ގަދަފެހިކުލައިގެ ފަތްތަކެއް ހުންނަ ގަހެކެވެ.

އާންމުގޮތެއްގައި އޮކްޓޯބަރ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މިގަހުގައި މާ އަޅައެވެ. ހުދުކުލާގައި އަށްފިޔައަށް މިގަހުގައި އަޅާ މަލުގައި ފޮނި މީރުވަހެއް ދުވައެވެ. އެހެންކަމުން ކުރީޒަމާނުގައި ބައެއް އަންހެން ކުދިން ނަލަހެދިލައިގެން ބޮލުގައި އުނިމާ ހަރުކޮށް މަލުން ހާރުހަދައި ކަރުގައި އަޅައިގެން އުޅުނު ކަމަށްވެއެވެ.

ކޮންމެ މައު ކޯޅިއެއްގައި 4-9 ދެމެދުގެ އަދަދަކަށް މާ އަޅާ މިގަހުގެ މޭވާ ސެޕްޓެމްބަރ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ދޮންވެއެވެ. މިބާވަތުގެ ގަހުގެ އޮށްތަކުން އިތުރު ގަސްފަޅައި ގިނަވެއެވެ. މިގަހުގެ ލަކުޑިއަކީ ކުރީޒަމާނުގައި ކެއްކުމަށް ދަރުގެ ގޮތުގައި ބޭނުންކުރި އަދި ދަނޑިފަނުން ގެ އަޅަން ބޭނުންކުރި ހަރު ލަކުޑިއެކެވެ.

Advertisement

ސަމާލުވުން:

މިގަހުގެ ތޮށި ބޭނުންކޮށްގެން ކުރީޒަމާނުގައި ބޭރަށްހިންގުމާއި ބަނޑުގައި ރިއްސުމާއި، ހޮޑުލެވުން، ފާރުގަނޑު ހިއްކުން، ފަދަ ކަންކަމުގައި ފަރުވާއެއްގެ ގޮތުގައި ބައެއް މީހުން ބޭނުންކުރިކަމަށްވެއެވެ. ނަމަވެސް މިފަދަ ކަންކަމުގައި މިގަހުގެ ބޭނުންކުރުމުގެ ބަދަލުގައި ސިއްހީ މާހިރެއްގެ ލަފާގެމަތިން އަމަލުކުރުމަކީ އެންމެ ރަނގަޅުގޮތެވެ.

 

މައުލޫމާތު: އެންޕާކްސް، މޯލްޑިވްސް ބަޔޯ ޑައިވާސިޓީ

+1
0
+1
0
+1
3
+1
1
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް