Advertisement
header ad
XeeTimesXeeTimes
މީރު ބިސްރޮނޑުމަސް ކެއިންތަ؟

މީރު ބިސްރޮނޑުމަސް ކެއިންތަ؟

ބިސްރޮނޑަކީ ރާއްޖޭގެ ފަރުތަކުގައި ގިނަ އަދަދަކަށް އުޅޭ ބަލާލަން ވަރަށް ޗާލު މަހެކެވެ. 50 ސެންޓިމީޓަރަށް ބޮޑުވާ ތުންގަނޑު ކުޑަ ވަރުގަދަ ދަތްތަކެއް ހުންނަ މިމަހަކީ ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުންކޮށްއުޅޭ ބާވަތެއްގެ މަހެކެވެ.

މިމަހަކީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 24-26 މަޑުކަށި ހުންނަ ބަނޑުދަށްފަރާތު ކޮތަރިބައިގައި 21-23 ދެމެދުގެ އަދަދަކަށް މަޑުކަށި ހުންނަ މަހެކެވެ. މިމަހަކީ މައިގަނޑުގޮތެއްގައި ކަޅުކުލާގައި ހުންނަ މަހެކެވެ.

ބަނޑުދަށްފަރާތުގައި ހުދުކުލައިގެ ބޮޑެތި ލައްތައް ހުރެއެވެ. ތުނބުގެ ވަށައިގެން ހުންނަނީ އޮރެންޖު ކުލައާއި ގާތްކުރާ ގަދަރީނދޫ ކުލައެވެ. ހުދުކުލައިގެ ވަށްބުރެއް ގޮތަށް ރޮނގެއް ހުރެއެވެ. ލޯ ކައިރިން ކަށްޗަށްވާގޮތަށް ރީނދޫ ކުލައިގެ ކުރެހުމެއް ހުރެއެވެ. މިމަސް ކައިއުޅޭ ކަމަށްވަނީ މޫދުއަޑީގައި ހުންނަ ގާތަކުގައި ހުންނަ ފެއްސާއި، ކަކުންޏާއި، ބޮލީގެ ބާވަތްތަކާއި ކުދިމަސްމަހާމެހިއެވެ.

Article - in content
Advertisement

ދިވެހިރާއްޖެއަށް ޓޫރިޒަމް ތައާރަފްވެގެންއައި ދުވަސްވަރު ފަތުރުވެރިންނަށް ވިއްކުމަށްޓަކައި ދިވެހީން އެންމެ ގިނައިން ތައްޔާރުކުރި ޓީޝާޓްތަކުގައި ޖަހާފައި ހުންނަކަމަށްވަނީ މިމަހުގެ ކުރެހުންތައް ކަމަށްވެއެވެ.

ބިސްރޮނޑުގެ ވީޑިއޯއެއް:

މައުލޫމާތު: މޯލްޑިވްސް ބަޔޯޑައިވާސިޓީ، ފިޝްބޭސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —