November 24, 2024 12:59
Advertisement

-Advertisement-

ގޭގަ ހުރި ރަންކޮޅު ގެއްލުނުތަ؟ ވަގުންގެ ހަރަކާތް ދެނެގަންނާނެ ގޮތް!

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުތަކުގައިވެސް ގެތަކަށްވަދެ ވައްކަން ކުރުމަކީ ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން ފޯބްސް އިން އާންމުކޮށްފައިވާ ގޮތުގައި އަހަރަކު 1 މިލަޔަނަށްވުރެން ގިނައިން މިފަދަ ހާދިސާތައް ހިނގައެވެ. ގޭގަހުރި އަގުބޮޑުތަކެތި ވަގަށް ގެންދިއުމުގެ ކުރިން ވައްކަން ކުރަން ތައްޔާރުވާ މީހުންގެ ހަރަކާތްތައް ދެނެގަންނަންޖެހެއެވެ. މި ހިމަނާލަނީ އޭގެތެރެއިން ބައެއް ކަންކަމެވެ.

ނުދަންނަ މީހުން މާގިނައިން ފޮޓޯ ނަގާކަން ފާހަގަކުރެވުން

ކޮންމެ މީހަކީވެސް މިހާރު ސްމާޓްފޯނު ގެންގުޅޭ މީހެއްކަމުން ކޮންމެ ތަނެއްވެސް ފޮޓޯ ނެގުމަކީ އެހާ އުދަނގޫ ކަމަކަށް ނުވާނެއެވެ. ނަމަވެސް ތިމާ ދރިއުޅޭ ސަރަހައްދު ނުވަތަ ގޭގެ ފޮޓޯ މީހަކު ގަސްތުގައި ނަގަމުންދާކަން ފާހަގަކުރެވިއްޖެނަމަ އެމީހަކީ އެކަހަލަ ކަމަކަށް ތައްޔާރުވާން މަސައްކަތްކުރާ މީހެއްގެ ގޮތުގައި ބެލެވިދާނެއެވެ. އެމީހަކަށް ސަމާލުވާށެވެ.

Advertisement

ގޭގައި ދިމާވާ ކުދިކުދި މައްސަތައް ހައްލުކޮށްދޭ މީހަކަށް ހެދިގެން އަންނަ މީހުން

ވައްކަން ކުރުމަށް ދުރާލާ ތައްޔާރުވުމަށްޓަކައި ކޮންމެވެސް ޚިދުމަތެއްދޭ ކުންފުންޏެއްގެ މީހެއްކަމުގައި ހެދިގެން ގޭތެރޭގެ މައުލޫމާތު ހޯދުމަށް އައިސްދާނެއެވެ. ނަމަވެސް އެއްވެސް ނޯޓިސްއަކާނުލައި އަންނަ މީހުން ގޭގެ ދޮރުގައި ޓަކިޖެހިޔަސް އެމީހަކީ ކާކުކަން ރަނގަޅަށް ދެނެގަތުމަށްފަހު ނޫނީ ދޮރު ނުހުޅުވުން ބުއްދިވެރިއެވެ. އެއީ ބައެއްފަހަރަށް ތޫނު އެއްޗެހިން ބިރު ދެއްކުމަށްފަހު ވައްކަން ކުރާތީއެވެ.

ގޭގެ ދޮރުފަތުގައި ހުންނަން ނުޖެހޭ ނިޝާނެއް ހުރިކަން ފާހަގަކުރެވުން

ވައްކަންކުރާ މީހުން އަބަދުވެސް އެމީހުން ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި ބޭނުންވާ ތަންތަން ފާހަގަކުރުމަށް ކޮންމެވެސް ނިޝާނެއް ބޭނުންކުރާނެއެވެ. އެގޮތުން އެކަހަލަ ކަމެއް ފާހަގަކުރެވިއްޖެނަމަ ދުރާލާ މިކަމަށް ހޭލާ ތައްޔާރުވެ ހުންނާށެވެ.

ގޭގައި ބޭނުންކުރާ ލޭންޑްލައިން ފޯނަށް ނުވަތަ މޮބައިލްފޯނަށް ގުޅުން

ގޭގައި ބޭނުންކުރާ ފޯނަށް ގުޅުމަށްފަހު ފޯނުނަގާތޯ ޗެކްކުރުމަކީ ވަގުން ކުރާ ކަމެކެވެ. އަދި ގުޅުމުން ފޯނު ނަގައިފިނަމަ ވާހަކަނުދައްކާ ފޯނުކަނޑާލާނެއެވެ. އެކަންކުރަނީ އެ ގެއެއްގައި މީހުން އުޅޭތޯ ބެލުމަށެވެ. ބައެއްފަހަރަށް މޮބައިލްފޯނަށް ވެސް ގުޅާފާނެއެވެ. 

ވަގުންގެ ކިބައިން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ ގޭގަ ކެމެރާ ހަރުކުރުމެވެ. އެއިރުން ކޮންމެ ތަނެއްގައި ހުރިކަމުގައިވިއަސް އިންޓަނެޓް ބޭނުންކޮށްގެން ގޭގަ ހަރުކޮށްފަ ހުރި ކެމެރާއިން ގޭގެ މަންޒަރުތައް ބަލާލެވިދާނެއެވެ. 

މައުލޫމާތު: ބްރައިޓްސައިޑް

+1
1
+1
1
+1
2
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް