October 6, 2024 10:54
Advertisement

-Advertisement-

މައުލޫމާތު: ވިލާތުކުންނާރު މީރުތަ؟

ވިލާތުކުންނާރު ގަހަކީ އާންމުގޮތެއްގައި 15 މީޓަރުގެ އުސްމިނަށް ހެދޭ ގަސްގަނޑުގެ ވަށަމިނުގައި 35 ސެންޓިމީޓަރު ހުންނަ ފަތުގެ ދިގުމިނުގައި 8-12 ސެންޓިމީޓަރު ހުންނަ ގަހެކެވެ. މިގަހުގެ އަލަށް ނިކުންނަ ފަތްތަކުގައި ހުންނާނީ ރަތްކުލައެވެ. އަދި ފަތްތައް ބޮޑެތިވަމުންދާވަރަކަށް ރަތްފެހިކުލައަށް ބަދަލުވަމުންގޮސް ފަތްތައް ހަރުވާއިރު ހުންނާނީ ގަދަފެހިކުލައިގައެވެ.

މިގަހުގައި އަޅާ މާ ހުންނާނީ ވަރަށް ކުދިކޮށް މަޑުރީނދޫ ކުލައެއްގައެވެ. މިގަހުގައި އަޅާ މޭވާ އަކީ ޗެރީ ނުވަތަ ގޯނބިއްޔާ ވައްތަރު ގޮތަކަށް ހުންނަ 2.5 ސެންޓިމީޓަރަށް ބޮޑުވާ, ޅަކުންނާރުގައި ފެހިކުލަ ހުންނަ ދޮންވަމުންދާ ވަރަކަށް ފިޔާތޮށި ކުލައަކަށް ބަދަލުވާ ދޮންވެ ފައްކާވުމުން ރަތްކުލަ ހުންނަ އެއްޗެކެވެ. ގިނައަދަދަކަށް ވިޓަމިންސީ އެކުލެވޭ މިބާވަތުގެ ކުންނާރު ބޭނުންކޮށްގެން ޖޭމާއި ސިރަޕް ތައްޔާރުކޮށް އުޅެއެވެ. މިބާވަތުގެ ހުތް އަދި ފޮނި ކުންނާރު ހުންނަ ކަމަށްވެއެވެ.

ބައެއް ބާވަތްތަކުގެ ކޮކާ، އޭގެތެރޭގައި 'ލެޕާރޑް' އަދި 'ރޫސްޓިކް' ކޮކާ ބިސްއަޅަނީ މިވައްތަރުގެ ގަހުގެ ފެހިކުލައިގެ ފަތްތަކުގެ ތިރިއަށް ހުންނަ ބަޔަށެވެ. އަދި ކޮކާފަނި ކައިހަދަނީ މިގަހުގެ އަލަށް ނިކުންނަ ރަތްކުލައިގައި ހުންނަ ޅަފަތްތަކެވެ.

Advertisement

ވިލާތުކުންނާރުގަސް ހައްދާފައި ހުންނަތަނަކަށް ދެވިއްޖެނަމަ މިވައްތަރުގެ ރީތި ކޮކާލެއް ފެނޭތޯ ބަލާލާށެވެ. ވިލާތުކުންނާރަކީ ބަނޑުބޮޑު މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އެއީ އޭގަ ދޭ ހުތްފޮނި ރަހައިންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި މިގަސް ހައްދާފަ ހުރެއެވެ.

 

މައުލޫމާތު: އާރބަން ޓްރޮޕިކަލްސް، ބަޓަފްލައިސާރކަލް ބްލޮގްސްޕޮޓް

+1
0
+1
5
+1
5
+1
0
+1
1
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް