October 6, 2024 10:53
Advertisement

-Advertisement-

މައުލޫމާތު: ބަލާލަން ރީތި ވިހަގަދަ މަހެއް!

ދިވެހިރާއްޖޭގެ މޫދުގައި ވަރަށް ގިނައިން އުޅޭ ފަންހާމަސް އާންމުކޮށް ހުންނަނީ ރަތް، ފެހި، މުށި، އޮރެންޖް، ރީނދޫ، ކަޅު އަދި ހުދުކުލައިން ރޮނގު ދަމާފައި ހުންނަގޮތަށެވެ.

މިމަހުގައި ހުންނަ ދިގު ކަށިތަކަކީ މިމަސް ވަކިކުރަން އެންމެ ފަސޭހައިން އެނގޭނެ ގޮތެވެ. މިއީ ބަލާލަން ވަރަށް ރީތި މަހެކެވެ. ރާއްޖޭގެ ފަރުތަކުން އާންމުކޮށް ފެންނަ މިމަހުގެ ތަފާތު ވައްތަރު ހުރެއެވެ.

މިމަސް ދިރިއުޅުމަށް ބޭނުންވާ ތަނެއްގައި އުޅޭ އެހެނިހެން މަސްތައް ނެތިކޮށްލާ އެތަނަކަށް ގަދަވެގަންނަ މަހެއް ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. މިމަހުގެ އެކި ވައްތަރު ބޮޑުވަނީ އެކިވަރަށެވެ. އެގޮތުން މިމަހުގެ އެންމެ އާންމުކޮށް ފެންނަ ވައްތަރު ބޮޑުވަނީ 30-35 ސެންޓިމީޓަރަށެވެ.

Advertisement

މިމަހުގައި ވިހަގަދަ ކަށިތަކެއް ހުރުމުން، ކަށިޖަހާތަނުން ވަރަށްބޮޑަށް ދިލަނަގާ ބޮލުގައި ރިއްސުންފަދަ އުދަގޫތަކާއި ކުރިމަތިވެއެވެ. އަދި ހޮޑުލެވި ނޭވާލުމުގައި އުދަނގޫތަކެއް ވުމަކީ އެކަށީގެންވާކަމެކެވެ. ވިހަ އެކުލެވޭ ކަށިތައް ހުންނަނީ ބުރަކަށިމަތީގައެވެ. މި ކަށިތަކަކީ ގެއްލުމެއް ކުރިމަތިވާއިރު މަހުގެ ދިފާއަށްޓަކައި ބޭނުންކޮށްއުޅޭ ކަށިތަކެކެވެ.

އާންމުކޮށް މިއީ އިންސާނުންނަށް ހަމަލަދޭ މަހެއް ނޫނެވެ. އެހެންނަމަވެސް ކަށިހެރިއްޖެނަމަ އެންމެ ރަނގަޅުގޮތަކީ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާހޯދުމެވެ. މިއީ ވިހަގަދަ މަހަކަށްވިއަސް މަހުގެ ރީތިކަމުގެ ސަބަބުން ބައެއް މީހުން މިމަސް ހިފުމަށްފަހު ޓޭންކަށް އަޅައިގެން ގެންގުޅޭކަން ފާހަގަކުރެވެއެވެ.

+1
1
+1
1
+1
5
+1
1
+1
2
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް