November 27, 2024 22:34
Advertisement

-Advertisement-

ގިނައިރު އިށީދެ އިނުމުން އާދަޔާޚިލާފަށް ބަނޑު ބޮޑުވާނަމަ މި ކަސްރަތުތައް ކުރެވިދާނެ!

އާންމު ގޮތެއްގައި ގިނަ އޮފީސްތަކުގައި އިދާރީ ގިނަ މަސައްކަތް ކުރަނީ ގޮނޑީގައި އިށީދެ އިނދެގެންނެވެ. ގިނަ ވަގުތު ގޮނޑީގައި ނުވަތަ މޭޒުދޮށުގައި މަސައްކަތްކުރާ ބައެއް މީހުން ފެންނަނީ ބަރުހެލިކޮށް ނުވަތަ ފަލަކޮށް، ބަނޑު ބޮޑުކޮށް ތިބޭ މަންޒަރެވެ. އޮފީސް ތެރޭގައިވެސް އެހެން މީހުންނަށް އުދަގޫ ނުވާނެހެން ފަސޭހައިން ކުރެވިދާނެ ބައެއް ކަސްރަތު ހުރެއެވެ. 

1- ފާރުގައި ލެނގިލުން

މޭޒުދޮށުގައި ގިނައިރު އިށީދެ އިނުމަށްފަހު ކުޑަ ބްރޭކެއް ނަގާށެވެ. އަދި ފާރުގައި ބުރަކަށި ޖައްސައިގެން ކަކުލު ހުޅުން ލަންބާލުމަށްފަހު ފަސޭހަގޮތަށް 20 ސިކުންތު މަޑުކޮށްލާށެވެ.

Advertisement

މި ކަސްރަތުގެ ސަބަބުން ފައިގެ ފަލަމަސްގަނޑާއި، ބުޑުގެ މަސްތަކުގެ އިތުރުން ކުޑަކަޅުވާ މަސްތަކުގައި ބާރުޖެހޭނެއެވެ. ވިސްނަންވީ ކަމަކީ ކޮނޑާއި އެއް ލެވެލް އަކަށް ދެފައި ދުރުކުރުމަށްފަހު ފާރާއި 2 ފޫޓު ދުރުމިނުގައި ފައި ބެހެއްޓުމަށެވެ.

2- ބަނޑުގެ މަސްގަނޑު ފިއްތާލުން

ބަނޑުގެ މަސްތައް 8 ސިކުންތު ވަންދެން އެތެރެއަށް ފިއްތާލާ ހިފަހައްޓައިގެން ހުންނާށެވެ. މިގޮތަށް 8 ފަހަރުގެ 2 ސެޓް ހަދާށެވެ. ގޮނޑީގައި އިށީންނައިރު ބަނޑުގެ މަސްތައް އެތެރެއަށް ހިފަހައްޓާލައިގެން ހުންނަން ހަނދާންކުރާށެވެ.

3- ގޮނޑީގައި އިށީދެގެން ފައިކުރިއަށް ދަމާލުން

ގޮނޑިއެއްގައި ބަނޑުގެ ކަސްރަތެއް ކުރުމަކީ އުދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް މި ކަސްރަތަކީ ހަމައެކަނި ގޮނޑީގައި އިނދެ ދެފައި އެއްފަހަރާ ކުރިމައްޗަށް 45 ދަރަޖައަށް ހިއްލާލުމަށްފަހު މޭމައްޗާ ހަމައަށް ކަކޫ އަންނަވަރަށް ހުޅުން ލަންބާލާ ފެށިއިރު ހުރި ޕޮޒިޝަނަށް ގެންދާށެވެ. 20 ފަހަރުގެ 3 ސެޓުން 75 ކެލޮރީ އަންދާލާނެއެވެ.

ހަކުރު އެކުލެވޭ ކެއުންތައް ކެއުމުގެ ބަދަލުގައި ގިނައިން ފައިބަރ އެކުލެވޭ ކެއުންތައް ކެއުމަށް އާދަކުރާށެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމަކީ ވަރަށް ބޭންތެރިކަމެކެވެ. ކެއުމުގައި ނޭނގި ނަމަވެސް  ބޭނުންކުރެވޭ ބައެއް ތަކެއްޗަކީ ހަށިގަނޑަށް ގެއްލުންދޭ ކެމިކަލްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނުވަތަ ހައްދާފައިވާ ތަކެއްޗަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވުމުން ކަސްރަތުކުރުމުގެ އިތުރުން އަހަރަކު އެއްފަހަރު ނަމަވެސް މެޑިކަލް ޗެކަޕެއް ހަދާލުމަކީ ރަނގަޅު ކަމެއްކަމުގައިވާނެއެވެ. ތިމާގެ ހަށިގަނޑަށް ތިމާ ނުބެލި ބެލުމެއް ބަލާނީ ކާކުހެއްޔެވެ. ފަރުދީ ޒިންމާއެއްގެގޮތުގައި ދެކިގެން ދުވަހުން ކޮންމެވެސް ވަގުތެއް ހުސްކޮށްލައިގެން ކަސްރަތުކުރުމަށް ހޭދަކޮށްލާށެވެ.

 

މައުލޫމާތު: ޓޯޓަލްބިއުޓީ/ ބްރައިޓްސައިޑް

+1
1
+1
0
+1
5
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް