October 6, 2024 11:10
Advertisement

-Advertisement-

މައުލޫމާތު: ކުދިހިތި

ކުދިހިތި ގަހަކީ 20-28 އިންޗީގެ ދިގުމިނަށް ރަށްރަށުގެ ހޭޅިފަށުގައި އާންމުކޮށް ހެދޭ ގަހެކެވެ. މިއީ ގަސްގަނޑު ފެހިކުލާގައި އޮމާންކޮށް ހުންނަ ގަހެކެވެ. މިގަހުގެ މުލަކީ ވަރަށް ވަރުގަދައަށް ބިމަށް ހިފާފައި ހުންނަ ހަރުމުލެކެވެ. ފެހިކުލައިގެ ކުދިކުދި ފަތްތަކެއް ދެފަޅިއަށްވާގޮތަށް ހުންނަ ފެހިކުލައިގެ ކުދިމާތައް އަޅާ މިގަހުގެ މާތަށް ފޮޅުމުން ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި ފަތްތަކުގެ ތިރިއަށްވާގޮތަށް ކުދިކުދި އޮށް ހުރެއެވެ. މިގަހުގެ އުމުރަކީ އާންމުކޮށް 1 އަހަރު ދުވަހެވެ.

ސިއްޙީ ބައެއް ފައިދާ

ކުޑަކަމުދާ ނިޒާމުގައި އުފެދޭ ހިލަތަކުގެ ސައިޒު ކުޑަކުރުމަށް މިގަހުގެ ބޭނުންކުރާ ކަމަށްވެއެވެ. މިގޮތުން 2018 ވަނަ އަހަރު ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން 56 މީހުން ބައިވެރިކޮށްގެން ކުރެވުނު ދިރާސާއެއްގައި ފާހަގަކޮށްފައިވާގޮތުން މިފަދައިން އުފެދިފައިވާ ހިލަތަކުގެ ސައިޒު ކުޑަކުރެވިފައިވެއެވެ. އަދި މިގަހުގެ ބޭނުންކޮށްގެން ހެޕަޓައިޓިސް ބީ އަށް ފަރުވާ ކުރެވެއެވެ. 2010 ވަނަ އަހަރު ކުރެވުނު ދިރާސާއަަކުން ދައްކާގޮތުގައި ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްކުރުމާއި ބަރުދަން ލުއިކުރުމަށްވެސް މިގަހުގެ ބޭނުންކުރި ކަމަށް ވެއެވެ. އަދި ބޭރަށް ހިންގުމާއި ގޭހުގެ އުދަނގުލުގެ ފަރުވާއަށާއި ފާރުގަނޑުތައް ސާފުކުރުމަށްވެސް މި ގަސް ބޭނުންކުރެއެވެ.

Advertisement

މިފަދަ ގިނަ ދިރާސާތައް ކުރެވިފައިވީ ނަމަވެސް މިގަހުގެ ބާވަތްތައް ހިމެނޭ ބޭސް ފަދަ ތަކެތި ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. 

 

މަސްދަރު: މެޑިކަލް ނިއުސް ޓުޑޭ

+1
2
+1
2
+1
3
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް